ފްރާންސްގެ ދެކުނުގެ ލާ ގްރާންޑް ކޮމްބްގެ މިސްކިތެއްގައި ފަރަންސޭސިއަކު ވަނީ އިސްލާމޯފޯބިއަގެ ޖަރީމާއެއްގައި އަބޫބަކަރު ސިސޭ ނަމާދަށް ހުއްތައި ޝަހީދުކޮށްލާފައެވެ. އޮލިވިއާ އޭގެ ނަމުން ފުލުހުން ތައާރަފް ކުރި މީހ ާމި ޖަރީމާ ހިންގާފައި 3 ދުވަސްވަންދެން ފިލައިގެން އުޅެނިކޮށް އިތަލީން ހައްޔަރުކޮށްފިއެވެ.
21 އަހަރުގެ އޮލިވިއާ ވަނީ އަބޫބަކުރު ޝަހީދުކޮށްފައި އެމަންޒަރު ވީޑިއޯ ކޮށްފައި ﷲގެ ޒާތުފުޅަށް ބަދުބަސް ބުނެ އަދި ކުރިމަގުގައި އެފަދަ ޖަރީމާތައް ހިންގާނެ ކމަށް ބުނެފައެވެ.
އަބޫބަކުރު ޝަހީދުކޮށްލީ އޭނާއާއެކު ނަމާދުކުރަން އުޅޭ ކަމަށް ހެދިގެން އުޅުމަށްފަހު އެވެ.
ފްރާންސަކީ ނިޒާމީ ސިފައެއްގައި އސްލާމޯފޯބިއާގެ ސަގާފަތެއް އޮންނަ ޔޫރަޕްގައި އެންމެ މުސްލިމުން ގިނަ ޤައުމެވެ.
ފްރާންސްގެ މެކްރޮން ރައީސް ވަނީ ދީނީ ނަފްރަތު ކުރުމުގެ އަމަލެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ. އޭނާގެ ބޮޑުވަޒީރު ފްރާންސުއާ ބައިރޫ ސިފަ ކުރެއްވީ އެއީ "އިސްލާމޯފޯބިކް" ޖަރީމާއެއް ކަމަށެވެ.
މިހަމަލައަށް ފަހު އާދީއްތަ ދުވަހު ލާ ގްރޭންޑް ކޮމްބްގައި 1،000 އަށް ވުރެ ގިނަ މީހުން ހިމޭންކަމާއެކު ހިނގާލުމެއް ކުރިއަށް ގެންގޮސް މިކަން ކުށްވެރި ކުރިއެވެ. އަދި އިސްލާމޯފޯބިއާ އިތުރުވަމުންދާތީ ޕެރިހުގައި އެތައް ސަތޭކަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.
ތިން ދުވަން ވަންދެން ނަސާރާ ޓެރަރިސްޓް ހޯދުމަށް 70 އަށް ވުރެ ގިނަ ފުލުހުން މަސައްކަތް ކުރިއެވެ.





