
ޕާކިސްތާނުން ބުނީ ފުރަތަމަ ބޯޓު ވައްޓާލީ ޕާކިސްތާން/މާލޭ ގަޑިން 2.45 ގައި ކަމަށް
އަދި އެހެން ބޯޓުތައް 3.45 ގައިކަމަށް
8 މީހަކު މަރުވެ 35 މީހުން ޒަޚަމްވި ކަމަށް ޕާކިސްތާނުން ބުނޭ
ޕާކިސްތާން ސިފައިން ބުނެފައި ވަނީ އިންޑިއާގެ 3 މަތިންދާބޯޓު ވައްޓާލިކަމަށް.
އަދި އިންޑިއާއިން 6 ތަނަކަށް ހަމަލަ ދިން ކަމަށް.
އިންޑިއާގެ ހަމަލައިން ހަލާކުވެފައިވާ ޕާކިސްތާނުގެ އިމާރާތެއް

އިންޑިއާ ސިފައިން އެކްސްގައި ކުރި ޕޯސްޓް

ޕާކިސްތުން ބަޑި ޖަހަމުން ދިއުމުގެ ތެރޭގައި ވަޒަނެއް އަރައިގެން ކަޝްމީރުގައި އަންހެނަކު މަރުވެއްޖެ. ނަމަވެސް އިންޑިއާ ސިފައިން ޔަގީން ކޮށެއް ނުދޭ.
މިހާރު ދެ ފަރާތުން ދަނީ ބަރު ހަތިޔާރުން އެލްއޮސީ ހުރަސްކޮށް ހަމަލަތައް ބަދަލު ކުރަމުން
މިއީ މިފަހަކަށް އައިސ ްދިން އެންމެ ހޭދަ ބޮޑު އަސްކަރީ ހަމަލާ: އިންޑިއާ
އިންޑިއާގެ ދެ މަތިންދާ ބޯޓާއި ޑްރޯނެއް ވައްޓާލި ކަމަށް ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވިދާޅުވެއްޖެ.
އދގެ ސަލާމަތީ މަޖިލީހުން ވަނީ އިންޑިއާ ޕާކިސްތންގެ މައްސަލަ މަޝްވަރާ ކޯށްފައި. ޖަލްސާ ބާއްވާފައި ވަނީ ސިއްރިއްޔާތުގައި.
ދެ ގައުމުން އެއް ބަޔަކަު އަނެއް ބަޔަކަށ ްބަހުގެ ހަމަލަ ބަދަލު ކުރިން
ޕާކިސްތާނުން އަބްދަލީ މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއަރ ހަމަލަ ދިނުމަށ ްވާހަކަ ދެއްކި ކަމާ މެދު ބައެއް ގައުމުތަކުން އިއުތިރާޒް ކުރި
ހަމަލަ ފެށުމުގެ ކުރިން އިންޑިއާއިން ވަނީ ހުރިހައި ސްޓޭޓެއްގައި ވެސް ސިވިލް ޑިފެންސްގެ ޑްރިލްތައް ބާއްވާފައި.
ޕާކިސްތާންގެ އެއްވެސް އަސްކަރީ އަމާޒަކަށް ހަމަލަ ދީފައި ނުވާނެ ކަމަށް އިންޑިއާއިން ބުނެފި
އިންޑިއާއިން ބުނެފައި ވަނީ ހަމަލަތައް އަމާޒަށް ވާސިލުވި ކަމަށް. އަދި ހަމަލަ ދީފައި ވަނީ އެނގިފައިވާ ޓެރަރިސްޓް ކޭޕްތަކަށ ްކަމަށް
ވޮޝިންޓަނުގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ހަމަލަތައް ފެށުމާއެކު އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޯވަލް އެމެރިކާއަށް މައުލޫމާތު ދެއްވި ކަމަށް ބުނެ ބަޔާނެއ ްނެރެފައި.
އިންޑިއާއިން ވަނީ އިންޑިއާިއން އަޅާ ފިޔަވަޅުތައް އެމެރިކައާއި ސައޫދީ އަރަބިްޔާއާއި ޔޫއޭއީއާއި ރަޝިޔާއަށް ކިޔައި ދީފައި.
ޓްރަމްޕް ވިދާޅުވީ މިކަން އަވަހަށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް.،
ހަމަލަތައް ފެށުމުން އަމްރިޓްސާ، ލެހް އަދި ސްރީނަގަރު، ޖައްމޫ ދަރަމްސާލާ، ޗަންދީގަޅްގެ ދަތުރުތަކަށް ވަނީ ހުރަސް އެޅިފައި.

އިންޑިއާގެ ލީޑަރުން ވަނީ މި ހަމަލައަށ ްމަރުޙަބާ ކިޔާފައި
ޕާކިސްތާނުން ބުނަނީ ހަމަލަ މިސްކިތަކަށ ްއަމާޒު ވި ކަމަށާއި ކުޑަ ކުއްޖަކު މަރުވި ކަމަށް.
ހަމަލަ ދީފައި ވަނީ ބާވަލްޕޫރުގައި ޖައިޝޭ މުހައްމަދުގެ މަރުކަޒުތަކަށް އަދި މުދުރިކީ ގައި ލަޝްކަރޭ ތައްޔިބާގެ މަރުކަޒުތަކަށް
ހަމަލަތައް ދީފައި ވަނީ އިންޑިއާގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބައިވެރި ވެގެން ގުޅިފައިވާ ހަމަލައެއްގައި.
އިންޑިއާއިން ޕާކިސްތާނުގެ 9 ތަނަކަށް މިސައިލުން ހަމަލަ ދީފިއެވެ،.
ސިރީނަގަރު އެއާޕޯޓު ވަނީ މަދަނީ ދަތުރުތަކަށް މިހާރު ބަންދުކޮށްފައެވެ.
ޕާކިސްތާނުން ވަނީ ހަމަލަ ދިން ކަން ކަށަވަރު ކޮށްދީފަ އެވެ. ޕާކިސްތާނުން ބުނަނީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ.




