ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޒުލުކުރުމަށް އިންޒާރު ދިނުމުން ދެކުނު ކޮރެއާގެ ޖުޑިޝަރީން އިންޒާރުތަކަށް ދީލާލައިފިއެވެ. ދެކުނު ކޮރެއާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ލީ ޖޭ މިޔުންގް ގެ މައްސަލަ ބަލައިފިނަމަ ފަނޑިޔާރުން އަޒުލުކޮށްފާނެ ކަމަށް އިންޒާރު ދިނުމުން މިހާރު އޭނާގެ މައްސައިގެ އަޑުއެހުންތައް އިންތިޚާބަށް ފަހު ބާއްވާގޮތަށް ނިންމައިފިއެވެ.
އިންތިޚާބެހޭ ގާނޫނާ ޚިލާފް ވެގެން އޭނާގެ މައްޗަށް ދެކުށް ސާބިތު ވެފައިވާ ކަމަށް ދަށު ކޯޓުން ޙުކުމް ކުރިއެވެ. ހައިކޯޓުން އެހުކުމް ބާތިލު ކުރިއެވެ.
އަދި އޭނާ ރިއާސީ އިންތިޚާބަށް ކުރިމަތި ލައްވާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އަލުން ބެލުމަށް ހައިކޯޓަށް އަމުރުކޮށްފައެވެ.
އެއާ ގުޅިގެން ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބޮޑު ކޯޓު ބިރުގަންނަވާ ލެއްވިއެވެ'
ދެކުނު ކޮރެއާގައި ރައީސް އަޒުލު ކުރުމަށް ފަހު ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހު 3 ގައެވެ.
ތަފްސީލު މި ޚަބަރުގައި:






