ތުރުކީ މީޙުން ބޮލަށް ސެޓެލައިޓެއް ވެއްޓޭނެ ކަމަށް ބުނެފި

ފިނި ހަނގުރާމައިގެ ޒަމާނުގައި ސޯވިއެޓް ޔޫނިއަން ފޮނުވާލި ޖައްވީ އުޅަނދެއް ތުރުކީ މީހުންގެ ބޮލަށް ވެއްޓިދާނެ ކަމަށް ލަފާކޮށްގެން އިންޒާރެއް ނެރެފިއެވެ. މި އުޅަނދަކީ މީގެ 53 އަހަރު ކުރިން ވީނަސް ދިރާސާ ކުރުމަށް ރޫސީވިލާތުން ފޮނުވާލި އުޅަނދެކެވެ. ނަމަވެސް އުޅަނދުގެ ދެވަނަ މަރުހަލާގެ ދަތުރަށް އިންޖީނު އިސްޓާޓު ކުރަން ޖެހޭ ބައިގައި މައްސަލަ ޖެހިގެން އެ އުޅަނދު މިއޮތް ހައި ދުވަހު އެނބުރެމުން ދިޔައީ ދުނިޔޭގެ މަދާރުގައެވެ.

"ކޮސްމޯސް 482″ ޖައްވީ އުޅަނދު ފޮނުވާލީ 1972 ވަނަ އަހަރު އެވެ، މިހާރު އެ އުޅަނދު ފޮނުވި ގައުމެއްވެސް އަދި އުޅަނދު ފޮނުވި ސްޓޭޝަންވެސް ވުޖޫދަކު ނެތެވެ.

500 ކިލޯގެ މި ޖައްވީ އުޅަނދު ދުނިޔެއަށް ވަދެފައި ވެއްޓޭނެ ކަމަށް ބަލާފައި ވަނީ ތުރުކީގެ ސަރަހައްދަށެވެ. މިމަހުގެ 10 ގައި ތުރުކީމީހުންނާ މި އުޅަނދު ބައްދަލު ކުރާނެ ކަމަށް ބެލެވެއެވެ،

މިއީ ދުނިޔޭގެ ބޭރު ޖައްވުގައި އެނބުރެމުންދާ ޖައްވީ ކުނިބުނީގެ 25 ހާސް އެތައް އައިޓަމުގެ ތެރޭން އެންމެ އެއްޗެއް ކަމަށް ނާސާއިން ބުނެއެވެ. މިތަކެތި ދުނިޔޭގެ ޖައްވަށް ވަންނައިރު އަނދައިގެން ދާނެ އެވެ. އަދި ބޭރު ޖައްވުގައި މިތަކެތި 100 އަހަރަށް ދެމި އޮންނާނެއެވެ.

ހިއްސާ ކުރައްވާ!