މިއަހަރަކީ އިންޑިއާ އީރާންގެ ސިޔާސީ ގުޅުމަށް 75 އަހަރު ފުރޭ އަހަރު ކަމަށާއި އީރާނުން އިންޑިއާއަށް ޓެރަރިސްޓް ހަމަލައާ ގުޅިގެން ދީފައިވާ ސަޕޯޓަށް އންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ތައުފީފު ކުރައްވައިފިއެވެ. ނިއު ދިއްލީގައި ބޭއްވުނު އިންޑިއާ އީރާންގެ އިޤްތިޞާދީ ކޮމިޝަނުގެ ބައްދަލުވުމެއްގައި، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވަނީ އިންޑިއާއާއެކު އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާ މެދު އުއްމީދު ފާޅުކުރައްވާ ފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވަމުން، އަރާޤްޗީ ވަނީ ދަތިތަކެއް ހުރި ނަމަވެސް، ވިޔަފާރިއާއި އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވާ ފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް އައިސްފައިވާކަމަށް ފާހަގަކުރައްވާ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރަޝިއާގެ ކަޒާން ގައި ބޭއްވުނު ބައްދަލުވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އާ ދެމެދު ކުރެވުނު ފައިދާހުރި މަޝްވަރާތަކަށާއި، އޭޕްރީލް 26 ވަނަ ދުވަހު ކުރެވުނު ފޯނު މުޢާމަލާތަކަށް އިޝާރާތްކުރައްވާ ފައެވެ. އަދި ޖައިޝަންކަރު ވަނީ އިންޑިއާއާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 75 އަހަރު ފުރުން ފާހަގަކުރައްވާ، އެ ދެ ޤައުމުގެ ދެމެދުގައި އޮތް "ގާތް އެއްބާރުލުމާއި ފުން ރަޙްމަތްތެރިކަން" ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާ ފައެވެ.






