ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް އާދީއްތަ ދުވަހު ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް އަސްކަރީ ބާރު ބޭނުންކޮށްގެން ހައްލު ނުކުރެވޭނެ ކަމަށާއި އެކަމަށް އޮތީ ސިޔާސީ ހައްލެއް ކަމަށެވެ. އަދި
ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަޑެފުލް ވަނީ ޣައްޒާއަކީ ފަލަސްތީނުގެ ސަރަހައްދުތަކުގެ ބައެއްކަން ކަށަވަރުކޮށް ދެއްވައިފައެވެ.
އޭނާ ވަނީ އިންސާނީ އެހީ ދިނުމަށް އެމެރިކާއިން ރާވާފައިވާ ޕްލޭނަށް ތާއީދު ކުރައްވާކަން ވެސް އިއުލާން ކުރައްވާފައެވެ. އިޒްރޭލުގެ ވަޒީރު ގިޑިއަން ސައާރުއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އިތުރަށް ވިދާޅުވީ "އިސްރޭލުގެ ސަލާމަތަށް ޖަރުމަނުން ވައުދުވުމުގެ މާނައަކީ އިޒްރޭލުގެ ސަރުކާރުގެ އުސޫލަށް ފާޑު ނުކިޔޭނެ ކަމެއް ނޫން" ކަމަށެވެ. ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ ޣައްޒާގައި އަސްކަރީ ހަމަލަތައް ދިނުމުން އިޒްރޭލުގެ ސަލާމަތަށް ފަހި ވެދާނެ ކަމާ މެދު ޝައްކު ކުރައްވައި، "ބާލިންގެ ސަރުކާރުން އިސްކަމެއް ދޭ ކަމަކީ ޣައްޒާއިން ގައިދީން އަނބުރާ ގެނައުން" ކަމަށް ވިދާޅުވެފައެވެ.
ޔޫރަޕްގެ ޖަމާއަތުން މިހަްތާގައި ދަނީ އިޒްރޭލުން ފަލަސްޠީނު މީހުން ބަނޑަށް ޖެއްސުމަށް ކުރާ މސައްކަތާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.







