ޗައިނާގެ އިރުމަތީ ކަނޑުގައި މަސްވެރިކަން މަނާކުރުން ވިއެޓްނާމުން ޗައިނާގެ ނިންމުމާ ދެކޮޅު ހަދައިފިއެވެ. ވިއެޓްނާމްގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެންވަޔަރަންމަންޓުން ވަނީ އިރުމަތީ ކަނޑުގެ ބައެއް ހިސާބުތަކުގައި ޗައިނާއިން މޫސުމީ މަސްވެރިކަން މަނާކުރުމަކީ ވިއެޓްނާމްގެ އިސްތިގުލާލާއި ވިއެޓްނާމަށް ލިބިގެންވާ ސުޔާދަތީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ޗައިނާއިން ވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް 16 އަށް ޓޮންކިން ގަލްފް ހިމެނޭ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން މަނާ ކޮށްފައެވެ.
އެ މިނިސްޓްރީން ވަނީ އައްސޭރިފަށުގެ ޖަޒީރާތަކަށާއި ވިއެޓްނާމް މަސްވެރިންނަށް އެކަން އަންގައިދީ، ވިއެޓްނާމްގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ހިތްވަރުދީ، އެމީހުންގެ ރައްކާތެރިކަމަށްޓަކައި ގްރޫޕް މަސްވެރިކަން އިންތިޒާމް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. ޗައިނާއިން ވަނީ ވިއެޓްނާމްގެ އުޅަނދުތައް ހިފެހެއްޓި ދާނެ ކަމަށްވެސް އަންގާފައެވެ. ވިއެޓްނާމުން މަސްވެރިންނަށް އަންގާފައި ވަނީ ގަވާއިދާ ހިލާފަށް އަމުރު ކުރާ ފަރާތްތައް ރިޕޯޓު ކުރުމަށާއި މަސްވެރިކަމުގެ ހަރަކާތްތައް ބިރަކާ ނުލައި ކުރިއަށް ގެންދިއުމަށް އަންގާފައެވެ.




