ޑރ. ޚަލީލު ކުވެއިތުގެ މާލީ ވަޒީރާ ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ކަލީލު ކުވެއިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފިނޭންސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް ޑރ. ނޫރާ ސުލައިމާން ސާލިމް އަލްފައްޞާމްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޑރ. ޚަލީލު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަސައްކަތާއި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ އިޤްތިޞާދީ މާރެހާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ކުވެއިތަކީ، ކުރީގެ އަމީރު ޖާބިރުލް އަޙުމަދު އައްޞަބާޙުގެ ވެރިކަމުން ފެށިގެން، ރާއްޖޭގެ ތަރައްޤީގެ ޒަމާންވީ ބައެވިވެރިއެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ޚަލީލު ވަނީ ކުވެއިތު ސަރުކާރުގެ ދީލަތު އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހިއްސާ ކުރައްވާ!