ޓްރަމްޕް އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓުގެ މަސައްކަތް ހުއްޓުވައިފި

ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) ގެ މަސައްކަތް ޓްރަމްޕް ހުއްޓުވައިފިއެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާނަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުން ކޯޓުގެ މަސައްކަތަށް ބުރޫ އަރާފައި ވެއެވެ.

ކޯޓުގެ ސާވަރތަކަކަށް ނުވަދެވެއެވެ. އަދި ޑޭޓާބޭސްއިން މައުލޫމާތެއް ނުނެގެއެވެ. ކޯޓުގައި މަސައްކަތް ކުރާ އެމެރިކާ މުވައްޒަފުންނަށް އަންގާފައި ވަނީ އެނބުރި އެމެރިކާއަށް ގޮސްފިނަމަ އެމީހުން ހައްޔަރު ކުރެވޭނެ ކަމަށެވެ.

ކަރީމް ޚާންއާއި އެކޯޓުގެ މުވައްޒަފުން އެމެރިކާއަށް އެތެރެ ވުން މަނާކޮށްފައި ވެއެވެ.

ޓްރަމްޕްގެ ރިއާސީ ގަރާއާއެކު އަޅާފައިވާ ފިޔަވަޅުތަކުން ކޯޓުގެ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތެވެ.

ސަރުކާރުތަކުން ކޯޓުގެ ފޯނުތަކަށް ޖަވާބެއް ނުދެއެވެ. ޤައުމުތަކުގެ ވެރިންވެސް ކޯޓުން ކުރާ ފޯނަށް ޖަވާބު ދޭކަށް ބޭނުމެއް ނުވެއެވެ.

ހިލޭ ސަބާހަށް މަސައްކަތް ކުރާ ބައެއް ޖަމުއިއްޔާތަކުން ވަނީ އެމީހުންގެ ފައިސާ ކޮޅު ކަނޑާލައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ ކޯޓާ ގުޅުން ކަނޑާލާފައެވެ.

މައްސަލައަކީ ޔަހޫދީންގެ ބޮޑު ވަޒީރު ހިންގި ހަނގުރާމައިގެ ޖަރީމާތަކަށް އޭނާ ހައްޔަރު ކުރަން އުޅުމެވެ.

ޓްރަމްޕްގެ ގަރާރުގައިވާ ގޮތުން، އައިސީސީއަށް މާލީ، މާއްދީ ނުވަތަ ޓެކްނޮލޮޖީގެ އެހީތެރިކަން ދިން މީހަކު ޖޫރިމަނާ ކުރެވޭނެއެވެ، ނުވަތަ ޖަލަށްލެވޭނެއެވެ.

އައިސީސީގެ މުވައްޒަފުންނާއި ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ޓްރަމްޕްގެ މި ފިޔަވަޅުތަކުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

ދޮން މީހުންނާއި ޔަހޫދީންނަށް އަމާޒުކޮށް ބައިނަލްއަގްވާމީ ނިޒާމުން ސުއާލު ކުރަން ޖެހުނު ހިނދު ދޮން މީހާ މިވަނީ ދުނިޔޭގެ ނިޒާމު އޭނާއަށް ކަމު ނުދާތީ އެނިޒާމު ރަހީނުކޮށްފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ލިޒް އިވެންސަން އިންޒާރު ދެއްވި ގޮތުގައި މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން "އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ނުލިބޭނެ" އެވެ.

އައިސީސީގެ ރައީސް ފަނޑިޔާރު ޓޮމޮކޯ އަކާނޭ ވަނީ މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ކޯޓާއި އެ ކޯޓާގެ މެމްބަރު ގައުމުތަކާއި ދުނިޔޭގެ ގާނޫނީ ވެރިކަމަށް ދިން "ސީރިއަސް ހަމަލާތަކެއް" ކަމަށް ވިދާޅުވެފަ އެވެ.

ހިއްސާ ކުރައްވާ!