އެރުދުޣާންގެ ދަރިފުޅު ސުމައްޔާގެ ކުންފުންނީގެ ހުއްދަ އިންޑިއާއިން ބާޠިލު ކުރީ ތަ؟

އިންޑިއާއިން ތުރުކީ ކުންފުންޏެއް ކަމަށް ހީކޮށް ކުންފުންޏެއްގެ ވިޔަފާރި ހުއްދަ ބާޠިލުކޮށްފިއެވެ. އިންޑިއާ ސަރުކާރުން ހީކުރީ، މުމްބާއީއާއި ނިއުދިއްލީއާއި ޗެންނާއި އެއާޕޯޓުތަކުގައި ގްރައުންޑް ހެންޑްލިންގައި އުޅޭ ސެލެބީ އެވިއޭޝަން ކުންފުންޏަކީ ތުރުކީ ރައީސް އެރުދުޣާންގެ ދަރިފުޅު ސުމައްޔާ ހިއްސާވާ ކުންފުންޏެއް ކަމަށެވެ.

ސެލެބީ އޭވިއޭޝަން އިންޑިއާ އިން ބުނެފައި ވަނީ އެ ކުންފުނީގައި ތުރުކީ މީހެއްގެ ހިއްސާއެއް ނުވާ ކމަށާއި އެއީ ތުރުކީ ކުންފުންޏެއް ނޫން ކަމަށާއި ސުމައްޔާ ކިޔާ މީހެއްގެ ހިއްސާއެއްވެސް އެކުންފުނީގައި ނުވާ ކަމަށެވެ.

މިފިޔަވަޅު އަޅާފައިވަނީ އޮންލައިންކޮށް މީސްމީޑިއާގައި ފަތުރާފައިޥާ ވާހަތަކަށް ބަލައިގެން ކަމަށް ބެލެވެއެވެ.

އިންޑިއާއިން ފެށި އޮޕަރޭޝަން ސިންދޫރަށް ރައްދު ދިނުމުގެ ގޮތުން ޕާކސްތާނުން ކުރިއަށް ގެންދިޔަ ބުންޔާނުން މަރުސޫސްގައި ތުރުކީން ވަނީ ޕާކސްތާނަށް އެހީތެރިވެފައެވެ. އެ މައްސަލާގައި އިންޑިއާއާއި ތުރުކީގެ ގުޅުން ވަޅޯ ވެފައި ވެއެވެ.

ތުރުކީގެ ރައީސް ރަޖަބް އުރުދުޣާންގެ އާއިލާއާ ގުޅުން ހުރި ކަމަށް ބުނެ އޮންލައިންކޮށް ވހަކަ ދައްކަމުން ގެންދާތީ އެ ކުންފުނިން ރަސްމީ ބަޔާނެއް ވެސް ނެރެފައި ވެއެވެ.

ގްރައުންޑް ހެންޑްލިން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ "ބެލެނިވެރި މައި ކުންފުނީގެ އެއްވެސް ހިއްސާއެއް ސުމައްޔާ ކިޔާ މީހެއްގެ ނަމުގައެއް ނެތް. ކުންފުނީގެ މިލްކުވެރިކަން ނިސްބަތްވަނީ ސިޔާސީ މަސައްކަތްތަކާ ގުޅުމެއް ނެތް ސެލެބީ އޮގްލޫ އާއިލާގެ މެމްބަރުން ކަމަށްވާ ކެން ސެލެބިއޮގްލޫ އާއި މިސް ކެނަން ސެލެބިއޮގްލޫ އަށް. އަޅުގަނޑުމެންނަކީ ޕްރޮފެޝަނަލްކޮށް ކަންކަން ހިންގާ، ދުނިޔޭގެ ފެންވަރުގައި އޭވިއޭޝަން ސާވިސަސް ޚިދުމަތް ދޭ ކުންފުންޏެއް،" ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް މިންގަނޑަކުން ތުރުކީގެ ކުންފުންނެއް ނޫން އަދި ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ކޯޕަރޭޓް ގަވަރނަންސް، ޓްރާންސްޕޭރެންސީ، އަދި ނިއުޓްރަލިޓީގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ކުންފުންޏެއް. އެއްވެސް ބޭރު ސަރުކާރަކާ ނުވަތަ ފަރުދަކާ ސިޔާސީ ގުޅުމެއް ގުޅިފައިވާ ބަޔެއް ނޫން،" އިތުރަށް ބުނެފައިވެ އެވެ.

އެ ކުންފުނީގެ ބެލެނިވެރި މައި ކުންފުނީގެ 65 ޕަސެންޓް ހިއްސާ އޮންނަނީ ކެނެޑާ، އެމެރިކާ، އިނގިރޭސިވިލާތް، ސިންގަޕޫރު، ޔޫއޭއީ، އަދި ހުޅަނގު ޔޫރަޕްގައި ހުންނަ ވިޔަފާރި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށެވެ. އެއީ ޖާޒީގައި ރަޖިސްޓްރީކޮށްފައިވާ ސެލެބީ ހަވަކްލްކް ހޯލްޑިންގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި، 15 ޕަސެންޓް ހިއްސާ އޮތީ ނެދަރލެންޑްގެ ކުންފުންޏެއް ކަމަށްވާ އަލްފާ އެއާޕޯޓް ސާވިސަސް ބީވީ އަށެވެ.

ހިއްސާ ކުރައްވާ!