މުންބާއީ ފުލުހުންނަށް ލިބިފައިވާ ބިރު ދެއްކުމުގެ އީމެއިލަކާ ގުޅިގެން މުންބާއި އެއާޕޯޓާއި މުހިންމު ތަންތާނގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފިއެވެ. ސަލަމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައިވާ ތަންތާނގެ ތެރޭގައި ޗަތްރަޕަތީ ޝިވާޖީ މަހާރާޖް އިންޓަރނޭޝަނަލް އެއަރޕޯޓާއި ތާޖް މަހަލް ޕެލަސް ހޮޓަލާއި ރޭލްވޭ ސްޓޭޝަންތައް ހިމެނެއެވެ.
ފުލުހުންނަށް ފޮނުވާފައިވާ އީމެއިލެއްގައި އެތަންތަނަށް ބޮމުގެ ހަމަލަ ދޭނެ ކަމުގެ އިންޒާރު ދީފައި ވެއެވެ. އަދި ބުނެފައި ވަނީ 2013 ވަނަ އަހަރު އިންޑިއާގެ ޕާލަމެންޓަށް ހަމަލާދިނުމުގެ ކުށުގައި ހައްޔަރުކޮށް ދަންޖައްސަފައިވާ އަފްޒަލް ގްރޫއަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައި ވަނީ އިންސާފަކުން ނޫން ކަމަށެވެ.
މި އީމެއިލް ފޮނުވާފައިވަނީ [email protected] އިންނެވެ.
ފުލުހުން އިއުލާން ކުރިގޮތުގުގައި މިތަންތަން ބަލައި ފާސްކޮށްފައި ވެއެވެ. އަދި ޝައްކު ކުރެވޭފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.
މި އިންޒާރާ ގުޅިގެން ސަލާމަތީ އޭޖެންސީތަކުން ވަނީ މޮކް ޑްރިލްތަކެއް ކުރިއަށް ގެންގޮސްފައި ކަމަށްވެސް ބުނެފައި ވެއެވެ.
ތާޖު ހޮޓެލްއަކީ، 2008 ވަނަ އަހަރު ލަޝްކަރޭ ތައިބާއިން ހަމަލާދިން ތަނެކެވެ. އެތަނުން 167 މީހުން މަރުވެފައެވެ. އީމެއިލް ފޮނުވި ފަރާތް ދެނެގަތުމަށް ދިޖިޓަލް ފޮރެންސިކް ތަޙުޤީޤުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.






