ސިންދޫރު އޮޕަރޭޝަން: އިންޑިއާއިން ޕާކިސްތާނަށް ހަރުކަށި އިންޒާރެއް ދިން

ގަޔާނާއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ގިނަ ޕާޓީތަކެއް ހިމެނޭ ވަފުދުގެ އިސްވެރިޔާ، ކޮންގްރެސް އެމްޕީ ޝަޝީ ތަރޫރު ވަނީ ޕާކިސްތާނަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ބޯޑަރު ހުރަސްކޮށް ކުރާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިންޑިއާއިން ފުރުސަތު ނުދޭނެ ކަމަށެވެ.

ޑިޕްލޮމެޓިކް ފޯރަމެއްގައި ވާހަކަދައްކަވަމުން ތަރޫރު ވިދާޅުވީ، އިންޑިއާގެ "އޮޕަރޭޝަން ސިންދޫރު" އަކީ އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ދިން ޖަވާބެއް ކަމަށެވެ. އެ ހަމަލާގައި 26 އާންމު ރައްޔިތުން، މަރުވެފައިވެއެވެ. އޮޕަރޭޝަން ސިންދޫރުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ވަނީ ނައްތާލާފައި ކަމަށް ސަރޫރު މައުލޫމާތު ދެއްވިއެވެ.

ތަރޫރު އިތުރަށް ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ ސުލްހައާއި އަމާންކަން ކަމަށާއި، ނަމަވެސް އަނެއްކާވެސް ހަމަލާއެއް ދީފިނަމަ، އެއަށްވުރެ ގަދަ ރައްދު ޖަވާބެއް ދޭނެ ކަމަށެވެ. އަދި ޕާކިސްތާނުން ޖައިޝޭ މުހައްމަދު އަދި ލަޝްކަރޭ ތައިބާ ފަދަ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުން ބާއްވާ ކަމަށް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ މި ވަފުދަކީ އެމެރިކާ، ގަޔާނާ، ޕެނަމާ، ބްރެޒިލް އަދި ކޮލޮމްބިއާއަށް ކުރާ ޑިޕްލޮމެޓިކް ދަތުރެއްގެ ބައެކެވެ. މި ދަތުރުގެ މަޤްޞަދަކީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާގެ ޒީރޯ ޓޮލަރެންސް ޕޮލިސީ ބަޔާންކޮށްދިނުމެވެ.ADV

ހިއްސާ ކުރައްވާ!