ބައިނަލްއަޤްވާމީ މީޑިއޭޓަރުންގެ ޖަމުއިއްޔާ އިފްތިތާޙު ކޮށްފި

ޗައިނާއާ ގުޅިގެން 10 ގައުމުގެ ޖަމާއަތަކުން ހޮންކޮންގުގައި ބައިނަލްއަގްވާމީ މީޑިއޭޝަން ގްރޫޕެއް ގާއިމްކޮށްފިއެވެ. މި ޖަމިއްޔާގެ މަސައްކަތްތައް އަހަރު ނިމޭއިރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާކިސްތާން، އިންޑޮނޭޝިއާ، ބެލަރޫސް، އަދި ކިއުބާ ހިމެނޭ ގޮތަށް 30 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ވަނީ ހޮންކޮންގުގައި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މީޑިއޭޝަން ކޮންވެންޝަން (އައިއޯއެމްއީޑް) އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ މުއާހަދާގެ ފައުންޑިން މެމްބަރުންނަށް ވެފަ އެވެ. މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި 50 އެއްހާ ގައުމެއްގެ މަންދޫބުން ބައިވެރިވިއެވެ.ADV

މާޒީގައިވެސް ހޮންގކޮންގަކީ، ވިޔަފާރި މުއާމަލާތްތަކުގައި މީޑިއޭޝަންގެ މަރުކަޒެކެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މީޑިއޭޝަން އުފެއްދުމަށް ތައުރީފު ކުރައްވާފައެވެ. ވަންގް ވިދާޅުވީ މި ޖަމާއަތުގެ މަގުސަދަކީ ބައިނަލްއަގްވާމީ ވިޔަފާރިއާއި ދޭދޭ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ ގުޅުންތައް އިތުރަށް ހަމަޖެހޭ ގޮތަށް ބިނާކުރުން ކަމަށާއި ޗައިނާއިން އެއްބަޔަކު އަނެއްބަޔަކަށް ދޫދީ ވިސްނުމުގެ ރޫހުގައި މައްސަލަތައް ހައްލުކުރުމާއި މަޝްވަރާގެ ތެރެއިން އިއްތިފާގު ބިނާކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.

މިއީ "މީޑިއޭޝަންގެ ތެރެއިން މައްސަލަތައް ހައްލުކުރާ ދުނިޔޭގެ ފުރަތަމަ ސަރުކާރުތަކުގެ މެދުގައި އޮތް ގާނޫނީ ޖަމިއްޔާ" ކަމަށް ވެސް ބެއިޖިން އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ޖަމިއްޔާ ވާނީ އޭޝިއާގައި ގާނޫނީ ޚިދުމަތްތަކާއި މައްސަލަތައް ހައްލުކުރުމުގެ ބައިނަލްއަގްވާމީ މަރުކަޒެއްގެ ގޮތުގައި ހޮންކޮންގުގެ މަރުކަޒު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހޮންގ ކޮންގައި ބައިނަލްއަގްވާމީ މެދުވެރިކަމަށް ވމަށް ފަހި ޝަރުތުތަކެއް އެބަހުއްޓެވެ.

މި އަހަރު ނިމޭއިރު އެ ޖަމިއްޔާގެ އޮޕަރޭޝަންތައް ފެށިދާނެ އެވެ.

ހިއްސާ ކުރައްވާ!