އިންޑިއާއިން އިންފުލުއެންސަރަކު ހައްޔަރުކޮށްފި

އިންސްޓަގްރާމްގެ އިންފްލޫއެންސަރެއް ކަމަށްވާ ޝަރްމިޝްތާ ޕަނޯލީ ހުކުރު ދުވަހުގެ ރޭ ކޮލްކަތާ ޕޮލިހުން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހަމަނުޖެހުން އުފެދޭ ކަމަށް ބުނެވޭ ވީޑިއޯއެއް އަޕްލޯޑް ކުރި ކަމަށް ބުނެ ހަރިޔާނާގެ ގުރޫގްރާމް އިންނެވެ.

ޝަރްމިޝްތާ ޕަނޯލީ އާންމުކުރި ވީޑިއޯގައި ބުނަނީ ބޮލީވުޑްގެ އެކްޓަރުން އޮޕަރޭޝަން ސިންދޫރުއާ ބެހޭ ގޮތުން ހިމޭންކަން ގެންގުޅޭ ކަމަށެވެ.

ޕޫނޭގެ ލޯ ޔުނިވާސިޓީގައި ކިޔަވަން ޝަރްމިޝްތާ ޕަނޯލީ ވަނީ ބައިވެރި ވެފައެވެ.

އޭނާގެ ޕޯސްޓުން ސޯޝަލް މީޑިއާގައި ރުޅިވެރިކަމެއް އުފެދުނެވެ. އެ ވީޑިއޯ ވަރަށް އަވަހަށް ވައިރަލްވެ ގިނަ ޔޫޒަރުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ. ކޮމެންޓްތަކުގައި އެތައް ބަޔަކު ޓްރޯލް ކުރިއިރު، އޭނާގެ ވާހަކަތަކަށް ރައްދުދީ އެތައް އިންޒާރުދޭ މެސެޖުތަކެއް ވެސް ލިބުނެވެ.

ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުމުން ޝަރްމިޝްތާ ޕަނޯލީ ވަނީ އޭނާގެ އެކައުންޓުން ވީޑިއޯ ޑިލީޓްކޮށް މައާފަށް އެދިފައެވެ. ނަމަވެސް އެވަގުތު ކޮލްކަތާ ޕޮލިހުން ވަނީ އޭނާގެ މައްޗަށް ޝަކުވާއެއް ރަޖިސްޓްރީކޮށްފަ އެވެ. އެއަށްފަހު ގާނޫނީ ނޯޓިސްތައް ނެރެ އޭނާ އާއި އާއިލާގެ މެމްބަރުންނަށް ފޮނުވި އެވެ.

ހިއްސާ ކުރައްވާ!