ޗައިނާގެ ޑާލިއާން ސިޓީގައި ޖަޕާނު ދެ މީހަކު މަރާލައިފި

ޗައިނާގެ އުތުރުގެ ޑާލިއާން ސިޓީގައި ޖަޕާނު ދެ މީހަކު މަރާލާފައިވާކަން ހާމަވެއްޖެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޗައިނާގެ ރައްޔިތަކު ހައްޔަރުކޮށްފައެވެ.

ޑާލިއާންގައި ހުންނަ ޖަޕާނުގެ ކޮންސުލޭޓް ޖެނެރަލްއިން ބުނެފައިވާ ގޮތުގައި މިމީހުން މަރާލާފައި ވަނީ މިދިޔަ މަހުއެވެ. އަދި އެކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައި ވަނީ ދާދި ފަހުންނެވެ. އަދި މި މައްސަލަ މިހާރު ތަޙުޤީޤު ކުރެވެމުންދާ ކަމަށްވެސް ބުނެއެވެ.

ޑާލިއާންގެ ފުލުހުން ކޮންސުލޭޓަށް އަންގާފައިވާ ގޮތުގައި މި ޖަރީމާ ހިންގާފައިވަނީ ވިޔަފާރީގެ ދެބަސްވުމަކާ ގުޅިގެންނެވެ.

ޓޯކިޔޯގައި ޖަޕާން ފޮރިން މިނިސްޓްރީގެ މަޢުލޫމާތުން ދައްކާ ގޮތުގައި ޑާލިއާންގައި، ޖަޕާނުގެ 3،067 މީހުން ދިރިއުޅެމުން ގެންދެއެވެ.

މިދިޔަ އަހަރުވެސް ޗައިނާގައި ދިރިއުޅެމުން ދިޔަ ޖަޕާނު ރައްޔިތުންނަށް އަމާޒުކޮށްގެން މާރާމާރީގެ ދެ ހާދިސާއެއް ހިނގާފައި ވެއެވެ. މިކަމުގެ ސަބަބުން ބެއިޖިންގ އާއި ޓޯކިޔޯ އާ ދެމެދު ގުޅުން ގޯސްވެގެން ދިޔައެވެ.

މި ދެ ހާދިސާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަ ބަލައި މަރުގެ ޙުކުމް އިއްވާފައި ވެއެވެ.

ހިއްސާ ކުރައްވާ!