އިންޑިއާގެ ވައިގެ ދަތުރުފަތުރު އިތުރު ވެއްޖެ

ދުނިޔޭގެ އެއާލައިންތަކުން އިންޑިއާއަށް އިތުރު ފްލައިޓްތައް ބާއްވަމުން ދެއެވެ. އަދި އިންޑިއާއަށް ދަތުރުފަތުރުގެ ޑިމާންޑް ބޮޑުވަމުންދާއިރު، އެމެރިކާއާއި ޔޫރަޕަށް ދަތުރުކުރާ ރޫޓުތައް ވެސް ދަނީ އިތުރު ކުރަމުންނެވެ. 2025 ވަނަ އަހަރު އިންޑިއާގެ އޭވިއޭޝަން މާކެޓް ކުރިއަރާއިރު، އެމިރޭޓްސް، ލުފްތަންސާ، އަދި ސިންގަޕޫރު އެއާލައިންސް ފަދަ އެއާލައިންތަކުން ވަނީ ހަފްތާއަކު ބާއްވާ ދަތުރުތައް އިތުރުކޮށްފަ އެވެ.

މިސާލަކަށް އެމިރޭޓްސް އިން އިންޑިއާއަށް ހަފްތާއަކު 172 ފްލައިޓް އޮޕަރޭޓް ކުރާއިރު، ކުރިން ބާއްވަމުން ދިޔައީ ހަފްތާއަކު 167 ފްލައިޓެވެ.

މި ބަދަލަކީ އިންޑިއާގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކަމާއި ޚާއްސަކޮށް ވިޔަފާރިއާއި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ޑިމާންޑް އިތުރުވާކަން ދައްކައިދޭ ކަމެކެވެ.

މީގެ އިތުރުން އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އެމެރިކާ އަދި ޔޫރަޕްގެ ރޫޓުތަކަށް ފައިދާ ކުޑަވެފައި ވެއެވެ.

އެއާ އިންޑިއާ އާއި އިންޑިގޯ ފަދަ އިންޑިއާގެ އެއާލައިންތަކުން ވެސް ބައިނަލްއަގްވާމީ ރޫޓުތައް އިތުރު ކުރަމުން އަންނައިރު، އާ މަތިންދާބޯޓުތަކުގެ އޯޑަރުތައް އިތުރު ކުރަން މަޖުބުރު ވެފައި ވެއެވެ. އިންޑިއާ ސަރުކާރުންވެސް ދަނީ އާ އެއާޕޯޓް ޓާމިނަލްތައް އިތުރުކޮށް އިންފްރާސްޓްރަކްޗާއަށް ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.

ނަމަވެސް ތެލުގެ ހަރަދު ބޮޑުވުމާއި ވާދަވެރިކަން ފަދަ ގޮންޖެހުންތަކާ އިންޑިއާއަށް ކުރިމަތިލާން ޖެހިފައި ވެއެވެ.

ހިއްސާ ކުރައްވާ!