ކަޝްމީރުގައި 5.2 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް

އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ، ޖައްމޫ އެންޑް ކަޝްމީރުގައި 5.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަރައްގީގެ މަޝްރޫއުތައް އިފްތިތާޙުކޮށް ދެއްވާފައެވެ.

ކަޝްމީރަށް ކުރައްވާ ދަތުރުފުޅުގައި މޮދީވަނީ، ދުނިޔޭގެ އެންމެ އުސް ރޭލްވޭ ބްރިޖް ކަމަށްވާ ޗެނަބް ރޭލް ބްރިޖާއި އިންޑިއާގެ ފުރަތަމަ ކޭބަލް ސްޓޭޑް ރޭލް ބްރިޖް ކަމަށްވާ އަންޖީ ބްރިޖް އިފްތިތާޙުކޮށް ދެއްވާފަ އެވެ. އޭގެ އިތުރުން ހުރިހާ މޫސުމެއްގައި ވެސް ރޭލު ދަތުރުތައް ފޯރުކޮށްދެވޭ ގޮތަށް ކަޝްމީރާއި އިންޑިއާގެ އެހެން ހިސާބުތަކާ ގުޅުވާލާ ރޭލްވޭގެ ދަތުރުތައްވެސް ވަނީ ފަށްޓަވައި ދެއްވާފައެވެ.

މިހާރު ވަންދޭ ބާރަތު ރޭލްގެ ދަތުރުތައް ހަފްތާއަކު ހަ ދުވަހު ކަޝްމީރުން އޮންނާނެއެވެ. މިއީ ކަޝްމިރުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖައްމޫ ކަޗްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ އާއި ސަރަހައްދުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ކަޝްމީރަށް ދަތުރުފަތުރު ފަސޭހަވެ، ކަޝްމީރުގެ އާފަލާއި އަތްތެރި މަސައްކަތަށް އިންޑިއާގެ އެހެން ސަރަހައްދުތަކަށް ފެތުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!