އިންޑިއާގެ ޓެކްނޮލޮޖީ ޕާޓްނާޝިޕަށް ޖަރުމަންވިލާތް

ޖަރުމަނުގެ ކުންފުނިތަކުން އިންޑިއާއާ އެކު މެނުފެކްޗަރިން ޓެކްނޮލޮޖީ ޕާޓްނަރޝިޕް ހަދަން ޝައުގުވެރިވާއިރު، އެކަން ކުރަނީ އިންޑިއއަކީ އީޖާދީ އިނޮވޭޝަންގެ ހަބެއްގެ ގޮތުގައި ދެކިގެންނެވެ. ދާދި ފަހުން ބޭއްވި ސަމިޓެއްގައި ސީމަންސް އާއި ބޮޝް ފަދަ ކުންފުނިތަކުން ވަނީ އޮޓޮމޭޝަން، އޭއައި، އަދި ގްރީން މެނުފެކްޗަރިންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އިންޑިއާގެ ހުނަރުވެރި ވަޒީފާގެ ބާރާއި ކުރިއަރަމުން އަންނަ މާކެޓަށް މި ކުންފުނިތައް ޝައުގުވެރިވާއިރު، އެ ވެރިންގެ އަމާޒަކީ ދުނިޔޭގެ ސަޕްލައި ޗޭންތަކަށް ޒަމާނީ ހައްލުތައް ތައާރަފް ކުރުމެވެ.

މި ޕާޓްނަޝިޕްތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސްމާޓް ފެކްޓްރީތަކާއި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާއި އިންޑަސްޓްރީ 4.0 ގެ އިނޮވޭޝަންތަކަށެވެ. ޖަރުމަނުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ވަޒީފާ އުފެދި، އިންޑިއާގެ އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއަރުވައި، އިންޑިއާގެ “މޭކް އިން އިންޑިއާ” ކެމްޕޭނާ އެއްގޮތަށް ކުރިއަށް ގެންދެވިދާނެ އެވެ. ދެ ގައުމުގެ ވެސް އަމާޒަކީ ޖޮއިންޓް ރިސާޗް އެންޑް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން އިގްތިސާދީ ގުޅުން ބަދަހިކުރުމެވެ. މި އެއްބާރުލުންތަކުގެ ސަބަބުން ދުނިޔޭގެ އުފެއްދުންތެރިކަމުގައި އިންޑިއާގެ ދައުރު އިތުރުވެ، ދެމެހެއްޓެނިވި ސިނާއީ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!