އިންޑިއަން ނޭވީއިން ހަނގުރާމަ މަތީ މަނަވަރުތައް ކޮމިޝަން ކުރަނީ

އިންޑިއާގެ ކަނޑުގެ ސިފައިން މި އަހަރުގެ ޑިސެމްބަރު މަހު، 10 ހަނގުރާމަ މަތީ މަނަވަރު ކޮމިޝަން ކުރާނެއެވެ. އޭގެ ތެރޭގައި، އެންޓި ސަބްމެރިންގެ ހަނގުރާމަ މަތީ މަނަވަރެއް ކަމަށްވާ އައިއެންއެސް އަރްނާލާ ވެސް ވިސާކަޕަޓްނަމްގައި ކޮމިޝަން ކުރާނެ އެވެ.

އިންޑިއާގެ ގާޑަން ރީޗް ޝިޕްބިލްޑާސް އިން ބިނާކޮށްފައިވާ އައިއެންއެސް އަރްނާލާ އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމަށް އިތުރު ވަސީލަތަކަށްވާނެ އުޅަނދެކެވެ.

ކޮމިޝަން ކުރާ އަނެއް ނުވަ އުޅަނދުގެ ތެރޭގައި ފްރިގޭޓް، ކޯވެޓް، އަދި ސާވޭ ބޯޓު ހިމެނޭނެ އެވެ. މިއީ ސަރަހައްދީ ހަމަނުޖެހުމުގެ ތެރޭގައި ކަނޑުގެ ސިފައިންގެ ގާބިލްކަން ވަރުގަދަކޮށްދޭނެ އުޅަނދުތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާއިން ވަނީ އައިއެންއެސް ޓޫޝިލް އާއި އައިއެންއެސް ތަމަލް ކޮމިޝަން ކޮށްފައެވެ. އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ މި މަނަވަރުތަކަކީ އިންޑިއާގެ ކުރިއަރަމުން އަންނަ ދިފާއީ އުފެއްދުންތެރިކަން ދައްކުވައިދޭ މަނަވަރުތަކެކެވެ.

މި މަނަވަރުތައް ކޮމިޝަން ކުރުމުން ދައްކުވައިދެނީ އިންޑިއާއިން އަމިއްލަ ނަފްސަށް ބަރޯސާވުމާއި ކަނޑުގެ ބާރުގަދަވުމަށް ދޭ ސަމާލުކަން ކަމަށާއި، އިތުރު އުޅަނދުފަހަރު އުފެއްދުމުގެ ޕްލޭންތައް އަދިވެސް ރާވާފައިވާ ކަމެވެ

ހިއްސާ ކުރައްވާ!