އަހުމަދުއާބާދު ކައިރިއަށް އެއާއިންޑިއާގެ ބޯޓެއް ވެއްޓިއްޖެ

އަހުމަދުއާބާދު ކައިރިއަށް އެއާ އިންޑިއާ ބޯޓެއް ވެއްޓިޖެއެވެ. ބޮއިންގް 787-8 ޑްރީމްލައިނަރ ބޯޓުގައި 242 މީހުން ތިއްބެވެ. 12 މީހުންނަކީ ކުރީންނެވެ.

ފްލައިޓްޓްރާޑާ24 އިން ރިޕޯޓްކުރާ ގޮތުގައި އެބޯޓު ވަނީ މީގެ ކުރިން ދިއްލީން އަހުމަދުއާބާދަށް ދަތުރުކޮށްފަ އެވެ. މިބޯޓު ފުރައިގެން ދިޔައީ ލަންޑަނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ވިޖޭ ރޫޕާނީ ވެސް ވެއްޓުނު ފްލައިޓްގައި ދަތރު ކުރިއެވެ.

ބޯޓު ވެއްޓުނީ އަހުމަދުއާބާދު އެއާޕޯޓުން އުދުހުނުތާ މާގިނައިރުތަކެއް ނުވެ އެވެ. ބޯޓު ފުރިތާ އިރުކޮޅަކުން ބޯޓާއި ޓަވަރާ ދެމެދު ގުޅުން ކެނޑުނެވެ.

ހިއްސާ ކުރައްވާ!