އިނގިރޭސިން އިސްތިއުމާރު ކުރިއިރު ނަގާފައިވާ ކާބަފައިންގެ އާސާރާއި މިނިކަށި އަނބުރާ ހޯދުމަށް އިންޑިއާގެ ނާގަލޭންޑް ސްޓޭޓްގެ ގަބީލާތަކުން އިނގިރޭސިވިލާތުގެ މިއުޒިއަމެއްގައި އާދޭސްކޮށްފިއެވެ.
ބޮލުގެ ނާށިގަނޑުތަކާއި ހަށިގަނޑުގެ އެހެން ގުނަވަންތައް އިނގިރޭސިންނާއި އެހެން އިސްތިއުމާރީ ބާރުތަކުގެ މިއުޒިއަމްތަކުގައި ދައްކަން ބަހައްޓަނީ އާދަޔާ ޚިލާފް ޝައުގުވެރި ސާމާނުތައް ކަމަށް ދެކިގެންނެވެ. އޭޝިއާ، އެފްރިކާ އަދި އެހެން ތަންތަނުން ނަގފައިވާ މިނިކަށިތައް މިވެރިން ދިރާސާ ކުރުމުގައި ހައްގަކަށް އަރައިގަންނަ ކަމަކަށް ނުވެއެވެ.
އިސްތިޢުމާރާއި އަޅުވެތިކަމުގެ ޒަމާނުގައި ނަގާފައިވާ އިންސާނުންނާއި ގުނަވަންތައް ހޯދުމަށް އެދި އާދޭސް ކުރަމުން ދެއެވެ. އަދި ބަދަލަށްވެސް އެދެމުން ދެއެވެ.
މިދިޔަ މަހު ޖަރުމަނުގައި ގެންގުޅެމުން ދިޔަ އެފްރިކާ މީހުންގެ 19 އިންސާނެއްގެ ބޮލުގެ ނާށިގަނޑު އަނބުރާ ހޯދައިފައި ވެއެވެ.






