އީރާން ގަނެލުމަށް ޓްރަމްޕް ވިސްނަން ފަށައިފި: ސީއެންއެން

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ހިޔާލު ދޫކޮށްލުމަށް އީރާނަށް 30 ބިލިއަން ޑޮލަރާއި އެހެނިހެން އިނާޔަތްތައް ދީގެން އީރާނު ގަނެ ލުމަށް ޓްރަމްޕް ވިސްނަމުންދާ ކަމަށް ސީއެންއެން އިން ބުނެފިއެވެ.

މި 30 ބިލިއަނަކީ މަދަނީ ހަކަތަ އުފައްދާ ނިއުކްލިއާ ޕްރޮގްރާމެއް ބިނާކުރުމަށް އީރާނަށް ދޭ 30 ބިލިއަން ޑޮލަރެވެ.

އަދި އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުން ކުޑަކުރުމަށް ރާވާފައިވާ ޕްލޭންގެ ތެރެއިން އެމެރިކާއިން ބޭއިންސާފުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދޫކޮށްލުމަށް ވެސް ޓްރަމްޕް ތައްޔާރަށް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!