އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އިރުޝާދުގެ ދަށުން ތަރައްޤީކޮށްފައިވާ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމަށް ޚާއްސަ ރިސޯޓެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ރިސޯޓުގައި 150 ކޮޓަރީގެ ލަގްޒަރީ ހޮޓަލަކާއި ވޯޓަރތީމް ޕާކެއް ހިމެނެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އުތުރު ކޮރެއާގެ ލީޑަރު ގެންގުޅުއްވާ ވިޝަންއާއި ޤައުމީ ތަރައްޤީ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.


މި ރިސޯޓަކީ އުތުރު ކޮރެއާގެ އައްސޭރިފަށުގައި 5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ރިސޯޓެކެވެ.
މި ވަގުތު މި ރިސޯޓުން މަރުޙަބާ ކިޔަމުންދަނީ ހަމައެކަނި އުތުރު ކޮރެއާގެ ފަތުރުވެރިންނަށާއި ރަޝިޔާއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށެވެ.
މި މަޝްރޫޢުގައި ޒަމާނީ ޢިމާރާތްކުރުމުގެ ފަންނާއި ތިމާވެއްޓާ ރައްޓެހި ޑިޒައިންތަކަށް ސަމާލުކަން ދީފައިވެއެވެ. މީގެ ތެރޭގައި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމް ކުރުމާއި، ފެންވަރު ރަނގަޅު ކަނާ ލިބުން ހިމެނެއެވެ. ވޯޓަރ ޕާކު އުފައްދާފައި ވަނީ އާއިލާއާ ރައްޓެހި ޙަރަކާތްތައް ހިންގޭ ގޮތަށެވެ.

އުތުރު ކޮރެއާ ސަރުކާރުން ބުނަމުން ދަނީ މި ރިސޯޓުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުވެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ރަޝިޔާ ފަތުރުވެރިންނަށް ކޮރެއާގެ ސަޤާފީ ޝޯތަކާއި އަސްލު ކޮރެއަން ކެއުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ބުނެއެވެ.
ރަޝިޔާއިން ވަނީ އުތުރު ކޮރެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށާފައެވެ.






