ވޮޝިންޓަން ޑީ.ސީގައި ބޭއްވި ކުއަޑް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ގުޅިގން ނެރެފައިވާ ސްޓޭޓްމެންޓްގައި ފޯކަސް ކޮށްފައި ވަނީ ޓެރަރިޒަމްއާ ބެހޭ ގޮތުންނެވެ. މިސްޓޭޓްމެންޓްގައި، އޭޕްރީލް 22ގައި ޖަމްމޫ އެންޑް ކަޝްމީރުގައި ދިން ޕަހަލްގަމް ހަމަލާގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލީ މީހަކު މަރުވި ވާހަކަ ބަޔާންކޮށްފައި ވެއެވެ. އަދި އެ ސްޓޭޓްމެންޓްގައި ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ފަދަ ޓެރަރިޒަމްގެ ހުރިހައި ހަމަލަތައް ކުށްވެރިކޮށްފައި ވެއެވެ. އަދި އެފަދަ ހަމަލަތަކަށް ފައިނޭންސް ދޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް އަލިއަޅުވާލާފައި ވެއެވެ. އިންޑިއާއިން ވަނީ، ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތްތަކާއި އެފަދަ ފަރާތްތައް ހިމާޔަތްކުރާ ފަރާތްތައް ކުށްވެރިކުރުންވެސް އޭގައި ހިމަނާފައެވެ.
މި ބަޔާން ބިނާކޮށްފައި ވަނީ އިންޑިއާގެ ޖީ20 ގެ ރިޔާސަތާއި އެފްރިކަން ޔޫނިއަން އިން ޓެރަރިޒަމާ ދެކޮޅަށް ދީފައިޥާ ބަޔާންތކަށް ރިއާޔަތް ކޮށްފައެވެ. އިންޑިއާއިން ވަނީ ޓެރަރިޒަމަކީ ދުނިޔޭގެ ސަރުކާރުތަކަށް ނުރައްކަލެއްގެ ގޮތުގައި ފްރޭމްކޮށްފައެވެ. އަދި އިންޑިއާއިން ދެކެނީ މި ބަޔާންގައި ޓެރަރިޒަމާ ދެކޮޅަށް ވާހަކަ ދެއްކުމުން އިންޑިއާއިން ޕަހގަލްގަމްގެ ހަމަލައަށް ފަހު ކުރިއަށް ގެންދިޔަ ޑިޕްލޮމެސީ ކާމިޔާބުވީކަމަށް ބަލާފައެވެ.




