އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދިއުމަށްފަހު ގޭ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ފަނޑިޔާރު ވަކި ކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. އިލާހުއާބާދުގެ ހައިކޯޓުގެ ފަނޑިޔާރު ޔަޝްވާންތު ވަރްމާ ގެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އޭނާ ވަކިކުރަން ފެންނަކަމަށް ނިންމާފައެވެ.
އިންޑިއާގެ ޖަސްޓިސް މިނިސްޓަރު ކިރަން ރީޖޫ ގެންދަވަނީ އޭނާ މަގާމުން ވަކި ކުރުމަށް ބޭނުންވާ ވޯޓު ހަމަކުރުމަށް ޕާޓީތަކާ ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ސަންޖީވް ކަންނާ އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓުގެ ޕެނަލަކުން ވަނީ ޖަސްޓިސް ވަރުމާގެ މައްސަލަ ބަލައި 64 ޞަފްޙާގެ ރިޕޯޓެއް އެކުލަވާލާފައެވެ. ވަރުމާ ވަނީ އެފައިސާގެ އަސްލު އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެކަން ގަބޫލުރަން ދަތިކަމަށް ބުނެ އޭނާ ވަކިކުރަން ލަފާ ދީފައެވެ. އިންޑިއާ ސަރުކާރުން މަސައްކަތް ކުރަނީ 1968 ގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން 100 ލޯކް ސަބާ މެމްބަރުން ނުވަތަ 50 ރާޖްޔާ ސަބާ މެމްބަރުންގެ ސޮއި ހޯދައި އެމައްސަލަ ދެން އޮންނަ ދައުރަކަށް ހުށަހަޅާށެވެ.





