ބްރަޒިލްގެ މަތީ ޝަރަފް މޮދީއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއަށް، ބްރަޒިލްގެ އެންމެ މަތީ ދަރަޖައިގެ ސިވިލް ޝަރަފު، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ އަރުއްވައިފިއެވެ. މި ޝަރަފު އެރުވީ ބްރަސީލިއާގައި ހުންނަ އަލްވޮރާޑާ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ލޫލާ، ބޮޑުވަޒީރު ނަރެންދުރަ މޮދީއަށް އެރުއްވީ ބްރަޒިލްގެ އެންމެ މަތީ ސިވިލް ޝަރަފު ކަމަށްވާ 'ގްރޭންޑް ކޮލާ އޮފް ދަ ނޭޝަނަލް އޯޑަރ އޮފް ދަ ސަދަން ކްރޮސް' އެވެ. ބްރިކްސް ސަމިޓްގައި ބައިވެރިވުމަށްފަހު، ބްރަޒިލަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެގައި ބްރަޒިލްގެ އަލްވޮރާޑާ ގަނޑުވަރުން ބޮޑުވަޒީރު މޮދީއަށް ވަނީ ހޫނު ރަސްމީ މަރަޙަބާއެއް ކިޔާފައެވެ.

އަލްވޮރާޑާ ގަނޑުވަރުން ބޮޑުވަޒީރު މޮދީއަށް މަރަޙަބާ ދެންނެވިއިރު، ބްރަޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ އާއި ބޮޑުވަޒީރު މޮދީ ވަނީ އެކަހެރިކޮށް ބައްދަލުކޮށްލައްވާފައެވެ. މީގެ އިތުރުން، ދެ ލީޑަރުން އެކީގައި ހަރްމޯނިއަމް ކުޅޭ މަންޒަރެއްވެސް ފެނިގެން ގޮސްފައިވެއެވެ؛

ހިއްސާ ކުރައްވާ!