އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް، ޞިއްޙީ ސަބަބުތަކާ ހެދި، ކުއްލި ގޮތަކަށް އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ.
އުމުރުން 74 އަހަރުގެ ދަންކަރް އިންޑިއާގެ ނައިބު ރައީސްކަމުގެ މަޤާމު އަދާކުރައްވަން ފެއްޓެވީ 2022 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އިސްތިއުފާ ދެއްވި ކަން އިއުލާން ކުރެއްވީ، ޕާލަމެންޓުގެ މަތިގޭ ރާޖްޔާ ސަބާގެ ރައީސްގެ ހައިސިއްޔަތުން، މޮންސޫން ސެޝަންގެ ފުރަތަމަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ފަހުގައެވެ.
އިންޑިއާގެ ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ހ) ދަށުން، ދަންކަރްގެ އިސްތިއުފާ ވަގުތުން ބަލައި ގަންނަން ވާނެއެވެ. އޭނާގެ އިސްތިއުފާގެ ބަޔާނުގައި، އޭނާ މަޤާމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގަތް އެއްބާރުލުމާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
މި އިސްތިއުފާއާއެކު، ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވި 7 ވަނަ ނައިބު ރައީސަކަށް ޖަގްދީޕް ދަންކަރް ވެ ވަޑައިގެންނެވީއެވެ،





