އިސްލާމީ ތާރީޚުގައި ދީފައިވާ އެންމެ ކުރު ހުކުރު ޚުތުބާ ދީފައި ވަނީ މިފާއިތުވި ހުކުރު ދުވަހު ޣައްޒާގެ ޖަމާއަތެއްގައެވެ.
ހުކުރަށް އެއްވެ ތިބި މީހުންގެ ކުރިމައްޗަށް ތެދުވެ ޚަޠީބު މީހާ ހަމްދު ޞަލަވާތަށް ފަހު ބުނީ:
"އަހުރެން މިހިރީ، ޚުޠުބާ ކިޔަން ކޮއްޅަށް ހުރެވޭ ވަރަށް ވުރެން އަހުރެން މާބޮޑަށް ބަނޑުހައި ވެފައެވެ. އަދި ތިމާމެންވެސް ތިތިބީ ޚުޠުބާ އަޑު އަހަން ތިބެވޭ ވަރަށް ވުރެން ބޮޑަށް ބަނޑުހައި ހޫނު ކަންމަތީގައެވެ."
އެހިސާބުން ހަމްދު ޞަލަވާތަށް ފަހު ޚުތުބާ ނިންމައި ވަލަޒިކުރުﷲ އަބުބަރަށް ފަހު ސަފުތަށް ތަރުތީބު ކުރުމަށް އަންގައި ކުރުކޮށް ހުކުރު ނަމާދު ކުރިއަށް ގެންދިޔައީއެވެ.






