ބޯޓުގެ ޓަޔަރު ފަޅައިގެން ހިނގައްޖެ

މުމްބާއީއަށް ދަތުރުކުރި އިންޑިގޯގެ މަތިންދާބޯޓެއްގެ ޓަޔަރެއް ފަޅައިގެން ގޮސް އެތައް ގަޑި އިރަކު މަޑު ކުރަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހު ޖަބަލްޕޫރުގެ ދުމްނާ އެއާޕޯޓުގެ އޭޕްރަންގައެވެ. އެ ހާދިސާގެ ސަބަބުން 4 ގަޑިއިރަށް ބޯޓު ލަސް ވާން މެދުވެރިވިއެވެ.

ބޯޓުގައި ތާށިވި ފަސިންޖަރުން ފަހުން އެމީހުންގެ މަންޒިލަށް ގެންދިޔައީ ބެންގަލޫރާއި ދިއްލީ މެދުވެރިކޮށެވެ، އަދި ޓަޔަރު ގެންނަން ޖެހުނީ ދިއްލީން ނެވެ. ބޯޓު މުމްބާއިއަށް އައީ އެ ރޭ 12.40 ގައެވެ.

ހިއްސާ ކުރައްވާ!