އިންޑިއާގައި މުހިންމު ލިޔެކިޔުންތައް ފޮނުވުމުގެ އެ މުސްކުޅި އަދި އެންމެ އިތުބާރު ހުރި ގޮތް ކަމަށްވާ ރެޖިސްޓާރޑް ޕޯސްޓްގެ ޚިދުމަތް ރަސްމީކޮށް އަންނަ މަހުން ފެށިގެން ހުއްޓާލުމަށް ނިންމައިފިއެވެ.
އިންޑިއާ ޕޯސްޓުގެ ޚިދުމަތް ބަނދު ކުރާން ނިންމާފައެއް ނުވެއެވެ. އިންޑިއާއިންނިންމާފައި ވަނީ ރެޖިސްޓަރޑް ޕޯސްޓްގެ ޚިދުމަތް ޕޯސްޓު އޮފީހުން ދޭ އެހެން ޚިދުމަތެއް ކަމަށްވާ ސްޕީޑް ޕޯސްޓާ އެއްކޮށްލުމަށެވެ. ސްޕީޑްޕޯސްޓާ އެއްކޮށްލުމުން ރެޖިސްޓާރޑް ޕޯސްޓުން ލިބުނު ޚިދުމަތް އަގު ބޮޑު ވާނެއެވެ. ނަމަވެސް ޕްރޫފް އޮފް ޑެލިވަރީ، ޓްރެކިން ފަދަ ޚިދުމަތްތައް ކުރިއަށް ވުރެން ހަރުދަނާ ވެފައި އަދިވެސް ލިބޭނެ އެވެ.
އިންޑިއާގައި ރެޖިސްޓަރޑް ޕޯސްޓް ބޭނުން ކުރުން އޮތީ މަދުވެފައެވެ. 2011 ވަނަ އަހަރު 244 މިލިއަން ރެޖިސްޓަރޑް ޕޯސްޓްގެ ޚިދުމަތް ދިން އިރު 2019ގައި އެ އަދަދު ވަނީ 184 މިލިއަނަށް ދަށްވެފައެވެ.
އެއީ، ވަޓްސްއެޕް، އީމެއިލް، އޮންލައިން ކުއަރިއަރ ސާވިސް، އަދި އީ-ކޮމާސް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރުން އާންމު ވުމުން ދިމާވި ކަމެކެވެ.
މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ޕޯސްޓްގެ ޚިދުމަތުގެ ޕެކެޓެއްގެ އަގަކީ ގާތްގަނޑަކަށް ₹25 ނޫނީ ₹30 އެވެ. އެހެން ނަމަވެސް ސްޕީޑް ޕޯސްޓްގެ ޕެކޭޖެއް ފެށެނީ ₹41 އިންނެވެ.





