ފަލަސްޠީނުގެ ކިނބޫތައް ހަމާސް ޖަމާއަތަށް ނިސްބަތްވާތީ ޔަހޫދީން އެސޮރުމެން މަރަނީ

ޖަނަވާރުތައް ޔަހޫދީންނަށް ހަމަލަ ދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ. ކާޅުތައް އިޒްރޭލުގެ ދިދަ ބާލާ މަންޒަރު ފެނިފައި ވެއެވެ. އަދި މިޔަރު އިޒްރޭލު ސިފައިންނަށް ހަމަލަ ދީފައި ވެއެވެ. އިހަށް ދުވަހު އިޒްރޭލު ޒުލުގައި ސިންގާއެއް ވަނީ ޔަހޫދީއަކު ކައިލާފައެވެ.

މިފަދަ ހާދިސާތަކާ ގުޅިގެން ފަލަސްޠިނާއި ހިފާފައިވާ ބިންތަކުގައި އުޅޭ ޖަނަވާރުތައް ދެކެ ޔަހުދީން ބިރުގަނެއެވެ. އަދި މަސްކައި އުޅޭ ބާވަތުގެ ޖަނަވާރުތައް މިހާރު ގިންތިކޮށްފައި ވަނީ ހަމާސްގެ މެމްބަރުންގެ ގޮތުގައެވެ!

ޔަހޫދީ ސިފައިން ވަނީ ޚާއްސަ އޮޕަރޭޝަނެއްގައި ހުޅަނގު އައްސޭރީގައި ކިނބޫ ފެންގަނޑެއްގައި އުޅޭ 200 އަށް ވުރެން ގިނަ ކިނބޫ ބަޑިޖަހައި މަރާލާފައެވެ.

ޔަހޫދީ ފުލުހުން ބުނެފައި ވަނީ މަސްކައި އުޅޭ ޖަނަވާރުންގެ ކިބައިން ޔަހޫދީންނަށް ރައްކާތެރިކަމެއް ނެތުމުން އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށެވެ.

ކިނބޫ ގެންގުޅޭ މީހާ ގާދީ ބިތާން ބުނެފައި ވަނީ "މިއީ ސާފު މަރުގެ އަދަބެއް" ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ޖަމިއްޔާއެއް ކަމަށްވާ "ލެޓް އެނިމަލްސް ލައިވް" އިން ވަނީ މިއީ ކިނބޫތަކުގެ ހޮލޮކޯސްޓެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

އަދި މިމައްސަލަ ވަގުތުން ތަހުގީގު ކުރުމަށް ވެސް ގޮވާލައިފައި ވެއެވެ.

ހިއްސާ ކުރައްވާ!