މެޑިޓެރޭނިއަން ޝިޕިންގ ކޮމްޕެނީގެ އެމްއެސްސީ އެލްސާ 3 އާގުބޯޓުގެ އެކްސިޑެންޓުގައި ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސްރީލަންކާގެ މެރިން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އެމްއީޕީއޭ) އިން އެމްއެސްސީ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީއާ މަޝްވަރާތައް ފަށައިފިއެވެ. މި މައްސަލައިގައި މަޝްވަރާތައް ކުރިއަށް ނުދާނަމަ ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނުމުން މަޝްވަރާތަކުގައި އެމްއެސްސީން ވަނީ އެ ކުންފުނީގެ ޒިންމާ ގަބޫލުކޮށްފައެވެ.
އިންޑިއާގެ ކެރެލާގެ ހުޅަނގު ދެކުނުގައި، ސްރީލާންކާއާ 300 މޭލަށް ވުރެ ދުރުގައި ނުވަތަ 500 މޭލު ނޯޓިކަލް މޭލު ދުރުގައި މި ބޯޓު އަޑިއަށް ގޮސްފައިވަނީ މެއި މަހުގެ ފަހުކޮޅު އެވެ. ސްރީލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ބޯޓުން ތެލާއި އެހެނިހެން ތަކެތި އައްސޭރިފަށާ ހަމައަށް ފޯރަމުން ދެއެވެ. އަދި އެކަމާ ގުޅިގެން ތިމާވެށްޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި އަދި އިންޝުއަރެންސް ކްލެއިމްއަށް ބޭނުންވާނެ ހެކިތައް އެއްކުރުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.
ސްރީލަންކާގެ ދެކުނު އައްސޭރިފަށުން ބޯޓުން ލައްގަމުންދާ ތަކެތި ފެންނަމުންދާ ކަމަށް ސްރީލަންކާ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ޖުލައި 29 ވަނަ ދުވަހު ސްރީލަންކާއިން ވަނީ އައްސޭރިފަށް ސާފުކުރުމުގެ ކެމްޕޭނެއް ފަށާފައެވެ.
އިންޑިއާ އިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، ޖުލައި 17 ގެ ނިޔަލަށް 60 ކޮންޓެއިނަރު ލައްގާފައި ވެއެވެ. އަދި 557 މެޓްރިކް ޓަނުގެ ކުނި ބޯޓުން ލައްގައިގެން އެއްކުރެވިފައިވެއެވެ. އަދި ބޯޓުން ތެޔޮ ހުސްކުރުމަށް ޑައިވިންގގެ މަސައްކަތްތަކަށް އިންޑިއާއިން ތައްޔާރުވަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ޖޫން މަހު ޑައިވަރުން ވަނީ ކުޑަކޮށް ތެޔޮ ލީކުވާން ފެށުމުން ބޯޓުގެ ޓޭންކްތައް ބަންދުކޮށްފައެވެ. އިންޑިއާއިން ވަނީ ތިމާވެށީގެ ގެއްލުމަށް 1 ބިލިއަން ޑޮލަރު ހޯދމަށް މަސައްކަތް ފަށާފައެވެ. އަދި ތިމާވެށި އާލާކުރުމަށް 44 މިލިއަން ޑޮލަރު އަދި މަސްވެރި މުޖުތަމަޢުއަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 61.3 މިލިއަން ޑޮލަރު ހޯދުން ހިމެނެއެވެ. އަދި އެކަމަށް ގެރެންޓީއެއް ނު ދެނީނަމަ، ދޫނުކުރާނެ ކަމަށް ބުނެ އެކުންފުނީގެ އެމްއެސްސީ އަކިޓެޓާ އައި ބޯޓު އިންޑިއާއިން ހިފަހައްޓާފައި ވެއެވެ.
މި މައްސަލައިގައި ސްރީލަންކާއިން ނަމޫނާއަކަށް ބަލަނީ. 2021 ވަނަ އަހަރު ކާރިސާ ދިމާވި، އެކްސްޕްރެސް ޕާލް މައްސަލަ އަށެވެ. އެ މައްސަލާގައި ބަދަލެއްގެ ގޮތުގައި އެކުންފުނިން 1 ބިލިއަން ޑޮލަރު ނަގައި ދީފައި ވެއެވެ.




