ފުވައް މުލައް: ފޮތަށް ލޯބި ކުރާ މީހުން އަދިވެސް އުޅޭ

ފުވައް މުލަކަކީ، އާދަޔާ ޚިލާފް ސިޓީއެކެވެ. ޒަމާނުއްސުރެން އަމިއްލަ ފުދުންތެރި، އިލްމީ ވެއްޓެއް އޮންނަ ސިޓީއެކެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލަކީ، އެ ސިޓީގެ ލައިބްރަރީއަށް ޚާއްސަ ސަމާލުކަމެއް ދޭ ކައުންސިލެއްކަން ވެސް ފާހަގަ ކުރެވެއެވެ.

ފުވައްމުލަކު ސިޓީގެ ޕަބްލިކް ލައިބްރަރީއަށް އެ ރަށުގައި ޢިލްމީ މަސައްކަތަށް ހިތްވަރު ދޭ ޢާއިލާއެއް ކަމަށްވާ އަޙްމަދު ސަޢީދު އާއި ފާޠިމަޠު ޙިލްމީގެ އާއިލާ (ރަންދުވަރު، ފުވައްމުލައް) ގެ ފަރާތުން ވަނީ ސިޓީ ލައިބްރަރީއަށް 22 ފޮތެއް ހަދިޔާ ކޮށް ފައެވެ. މިފޮތްތަކަކީ އެންމެ ފަހުގެ އެންމެ މަގްބޫލު ފޮތްތަކުގެ ޗާޓްގައި ހިމެނޭ ފޮތްތަކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި ފޮތްތައް ހަދިޔާކޮށްދެއްވާފައި ވާތީ، އަޙުމަދު ސައީދުއާއި އާއިލާއަށް ޝުކުރު ދަންނަވާފައެވެ.

ހިއްސާ ކުރައްވާ!