ބައިނަލްއަޤްވާމީ ތައުލީމީ މަރުކަޒަކަށް އިންޑިއާ

ބޭރު ޤައުމުތަކުގެ ޔުނިވަރސިޓީތަކުގެ ގޮފިތައް އިންޑިއާގައި ހުޅުވުމާއި އަދި އެމެރިކާއިން ބޭރުގެ ދަރިވަރުން އިންޑިއާގެ ޔުނިވާސިޓީތަކަށް ވެއްދުން ހަރުކަށިކޮށް ވިސާ ދޫކުރުމުގައި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ދަރިވަރުންނަށް އިންޑިއާއަކީ ކިޔެވުމަށް އެންމެ ރަނގަޅު އެއް މަރުކަޒުކަމަށް ބެލެވޭކަމަށް ދިރާސާތަކުން ދައްކައެވެ.

އީ-ސްޓޫޑެންޓް އަދި އީ-ސްޓޫޑެންޓް-އެކްސް ވިސާގެ ނިޒާމު އިންޑިއާއިން ތައާރަފުކުރުމާއެކު، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އިންޑިއާގައި ކިޔެވުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، 2020 ވަނަ އަހަރު ތައާރަފުކުރެވުނު ނެޝަނަލް އެޑިޔުކޭޝަން ޕޮލިސީ (އެންއީޕީ) ގެ ދަށުން، ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅިގެން ޑިގްރީ ޕްރޮގްރާމްތައް ހިންގުމާއި، ކްރެޑިޓް ބަދަލުކުރުމުގެ ފުރުސަތު އިންޑިއާގެ ޔުނިވާސިޓީތަކަށް ފަހިވެފައިވެއެވެ.

"ސްޓަޑީ އިން އިންޑިއާ" ޕްރޮގްރާމްގެ ދަށުން، އައިސީސީއާރު ސްކޮލަރޝިޕްތައް ފަދަ މުހިންމު އިސްނެގުންތައް ވަނީ ތައާރަފުކުރެވިފައެވެ. އިންޑިއަގެ ޔުނިވާސިޓީތަކުން ޓެކްނޮލޮޖީގެ ދާއިރާއިން ބޭރުގެ މުހިންމު ޔުނިވާސިޓީތަކާ ގުޅުން ބަދަހި ކުރުމާއި އަދި ރިސާޗް ދާއިރާއިން އެމްއޯޔޫތައް ހެދުން އާންމު ވެފައި ވެއެވެ.

އައިސީއާރްއޭގެ ރިޕޯޓުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރާ ހަމައަށް އިންޑިއާގެ މަތީ ތައުލީމީ މުއައްސަސާތަކުގެ އާމްދަނީ 9-11 އިންސައްތައިން އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މާހިރުން ފާހަގަކުރާގޮތުގައި، ޑިޖިޓަލް ލާރނިންގ، ރިސަރޗް އަދި ބައިނަލްއަޤްވާމީ މޮބިލިޓީއަށް އިތުރު އިންވެސްޓްމަންޓް ބޭނުންވެއެވެ.

ގިނަ އިންޑިއަން ޔުނިވަރސިޓީތަކަށް މިހާރު "އިންސްޓިޓިއުޝަން އޮފް އެމިނެންސް" ގެ ދަރަޖަ ލިބިފައިވުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި އިންޑިއާގެ މަތީ ތައުލީމީ ދާއިރާގެ އިތުބާރު އިތުރުވެގެން ގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!