އިސްރާއީލުން ބޭނުން ގޮތަކަށް ޖެނޮސައިޑް ހިންގައި ނިންމުމުގެ މިނިވަންކަން ޓްރަމްޕް ދިފި

އެމެރިކާގެ މީޑިއާއަށް ކުރު އިންޓަވިއުއެއް ދެއްވަމުން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމާސް ނުބައި މީސްކޮށް ޓެރަރިސްޓް ޔަހޫދީން ހިންގާ ޖެނޮސައިޑަށް ނުސީދާކޮށް ސަޕޯޓު އޮތްކަން ދައްކާފައެވެ. އިތުރަށް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސްއަށް ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާއަށް ދޭން ގަސްތުކުރާ ހޮލޮކޯސްޓްގެ ހަމަލާއަށް ސީދާ ތާއީދެއް ނުދެއްވިއަސް ޓްރަމްޕް ވަނީ ނުސީދާކޮށް ނަތަންޔާހޫގެ ނަސްލު ނައްތާލުމަށް ރުހޭކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަކީ އަބަދުވެސް ބޮޑު ގޮންޖެހުމެއް ކަމަށާއި، މިވަގުތު އޮތް ހާލަތުގައި އެކަން ވާނެކަމަކަށް ނުފެންނަ ކަމަށެވެ. އިސްރާއީލުގެ ގިނަ އަސްކަރީ އިސްވެރިން ރާވާފައިވާ އޮޕަރޭޝަނާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް އެއީ ހަމާސްގެ މެހުމާނުންގެ ރައްކާތެރިކަމަށް ހުރި ނުރައްކަލުގެ ސަބަބުން ވިދާޅުވި ވާހަކައެކެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އިތުރުވަމުން ދިޔަ ނަމަވެސް، ޣައްޒާގެ އިންސާނީ ހާލަތަށް ރިއާޔަތްކޮށް، ޓްރަމްޕް އިސްކަންދެއްވާފައިވަނީ ނަތަންޔާހޫ ބޭނުން ގޮތަކަށް ޖެނޮސައިޑް ހިންގައި އަމިއްލަ ނިންމުންތައް ނިންމުމުގެ މިނިވަންކަން ދިނުމަށެވެ. އޭނާ ވިދާޅުވެފައިވަނީ އިބްލީސް ނަތަންޔާހޫއާއެކު "ރަނގަޅު" މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ހަމާސްގެ މައި މަރުކަޒުތަކާ މެދު އިސްރާއީލުން ގަސްތުކުރާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެއާއެކު، ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި، ސްޕެއިންގައި އެމެރިކާގެ މަންދޫބާއި ގަތަރުގެ ބޮޑުވަޒީރު ބައްދަލުކޮށް، ހަނގުރާމަ ނިންމާލުމާއި ރަހީނުން ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ހަމާސްގެ ވަފުދުތައްވެސް މިސްރަށް ޒިޔާރަތްކޮށް، ހަނގުރާމަ ހުއްޓުވުމާއި ހަނގުރާމައިގެ އަސީރުގެ ގޮތުގައި ތިބި މެހުމާނުން ބަދަލުކުރުމާ ބެހޭ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތްކުރަމުންދެއެވެ.

 

ހިއްސާ ކުރައްވާ!