ސެމީކޮންޑަކްޓަރ އުފެއްދުމުގެ ނަފާ ލިބެން ފަށައިފި

ރެޑްފޯޓުން ދެއްވި މިނިވަން ދުވަހުގެ މުހިންމު ތަގުރީރުގައި ބޮޑުވަޒީރު މޯދީ އިއުލާން ކުރެއްވީ މިއަހަރު ނިމޭއިރު މޭޑް-އިން-އިންޑިއާ ސެމީކޮންޑަކްޓަރ ޗިޕް ވިޔަފާރީގެ ނަފާލިބެން ލިބެން ފަށާނެ ކަމަށެވެ.

މޯދީ ހާމަކުރެއްވި ގޮތުގައި ސެމީކޮންޑަކްޓަރު އުފެއްދުމުގެ ހަ ޔުނިޓެއް އިންޑިއާގައި ގާއިމް ކުރަމުންދާއިރު، އޮޑިޝާ، އަންދްރާ ޕްރަދޭޝް އަދި ޕަންޖާބު ގެ ސްޓޭޓްތަކުގައި މިހާރު ވެސް ހަތަރު ޔުނިޓެއް ވަނީ ގާއިމް ކުރުމަށް ހުއްދަ ދީފައެވެ. މި އިސްނެގުމަކީ އިންޑިއާ ސެމީކޮންޑަކްޓަރ މިޝަންގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެ މިޝަންގެ ކުރިއަށް ދަނީ 4،600 ކްރޯޑް ރުފީސްގެ އިންވެސްޓްމަންޓަކުންނެވެ.

އަދި ހަކަތަ، ޑިފެންސް، އަދި ޓެކް ދާއިރާތަކަށް މުހިންމު ސްޓްރެޓެޖިކް ރިސޯސްތައް ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ނޭޝަނަލް ކްރިޓިކަލް މިނަރަލްސް މިޝަން ވެސް ބޮޑުވަޒީރު ވަނީ ފައްޓަވައި ދެއްވާފަ އެވެ. 1،200 އަށް ވުރެ ގިނަ ސައިޓްގައި އެކްސްޕްލޯރޭޝަންގެ މަސައްކަތް ކުރަމުންދާއިރު، 16،300 ކްރޯޑް ރުޕީސް އެކަންކަމަށް ކަނޑައަޅާފައިވާއިރު، ޕަބްލިކް ސެކްޓަރގެ ކުންފުނިތަކުން 18،000 ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓެއް ކުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

މީގެ އިތުރުން 1،345 ކްރޯޑް ރުޕީސްގެ އާ ސްކީމަކުން ނާދިރު ރެއާ އާރތް މެގްނެޓް އުފެއްދުމަށް އެހީތެރިވެދީ، ޒަމާނީ އުފެއްދުންތެރިކަމުގެ ދާއިރާއިން އިންޑިއާގެ ގާބިލްކަން އިތުރުވެގެންދާނެ އެވެ.

މޯދީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އެންމެ ފަހުން ދިހަވަރަކަށް އަހަރު ދުވަސް ފަހަތުގައި އޮތުމަށްފަހު އެކަމުން ސަލާމަތްވެ، ޗިޕް އުފެއްދުމާއި މުހިންމު މައުދަން ސަޕްލައި ޗޭންތަކުގެ ދުނިޔޭގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ޕޮޒިޝަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!