އިންޑިއާގެ ނާއިބު ރައީސްކަމަށް ކުރިމަތިލާނެ ކެންޑިޑޭޓެއްގެ ގޮތުގައި މަހާރާޝްޓްރާގެ ގަވަރުނަރު ސީޕީ ރާދަކްރިޝްނަން ހޮވުމަށް މޯދީގެ ސދަރުކާރުން ނިންމައިފިއެވެ. މިއީ އޭނާގެ ސިޔާސީ ތަޖުރިބާއާއި ޤާނޫނީ އއިންމާ އަދާކުރެއްވުމުގެގ ފުރިހަމަކަމަށް ީއަށް ބަލައި ނިންމި ނިންމުމެކެވެ.
ރާދަކްރިޝްނަންއަކީ ތަމިލްނާޑޫގައި އާރްއެސްއެސް ޖަމާއަތުގެ ގޮފި ފަށައި، ބީޖޭޕީގެ މަތީ މަގާމުތަކުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިޖްތިމާއީ އަދި ޤައުމީ މައްސަލަތަކުގައި އަޑުއުފުލުމަށް 93 ދުވަހުގެ މުއްދަތަށް 19،000 ކިލޯމީޓަރުގެ ހިނގާލުމެއްވެސް ބާއްވާފައެވެ.
ކޮއިމްބަތޫރުގެ ވާޖްޕާއީގެ ނަމުންވެސް މަޝްހޫރު ރާދަކްރިޝްނަންއަކީ އެހެން ގަވަރުނަރުންނާ ޚިލާފަށް ސްޓޭޓް ސަރުކާރުތަކާ އެކު ހަރުކަށި ގުޅުމެއް ބާއްވާފައިނުވާ ބޭފުޅެކެވެ. މަހާރާޝްޓްރާ އަދި ޖާރްކަންދްގެ ގަވަރުނަރުކަމުގައި އޭނާގެ ދައުރު ފާހަގަކުރެވިފައިވަނީ ހަރުދަނާ މަސައްކަތާއި ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތުންނެވެ.
އޭނާގެ ހިތްހެޔޮކަމާއި އެކި ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމުގެ ޤާބިލުކަމުގެ ސަބަބުން، ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގެ ތާއީދާއެކު ލޯކް ސަބާ އިންތިޚާބުގައި ކާމިޔާބު ހޯއްދަވާފައިވެއެވެ. އޭނާގެ ނޮމިނޭޝަން އަކީ 2026 ވަނަ އަހަރުގެ އެސެމްބްލީ އިންތިޚާބަށް ތަމިލްނާޑޫގެ ދަށު ފަންތީގެ މީހުންގެ ތާއީދު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ބެލެވެއެވެ.




