އިންޑިއާގެ މިނިވަން ދުވަހުގެ ފާހަގަކޮށްލެވޭ ޚާއްސަ ޕްރޮމޯއެއްގައި އިންޑިއާގެ މަޝްހޫރު ކުއިޒް ޝޯ ކަމަށްވާ ކޯން ބަނޭގާ ކްރޮރެޕަތީގައި ޔުނީފޯމްގައި ތިބި ތިން އަސްކަރީ އޮފިސަރުން ވަނީ ބައިވެރިވެގެން އޮޕަރޭޝަން ސިންދޫރައާ ބެހޭ މައުލޫމާތު ދީފައެވެ. ޕަހަލްގަމް ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ދިން ރައްދު ވައިގެ ހަމަލާތަކުގެ ތަފްސީލުތައް މި 3 އޮފިސަރުން ކިޔައިދެ އެވެ. އަމީތާބް ބައްޗަން ހޯސްޓްކުރި މި އެޕިސޯޑުގައި ކާނަލް ސޯފިޔާ ގުރައިޝީ އާއި ވިންގް ކޮމާންޑަރު ވިއޮމިކާ ސިންގް އަދި ކޮމާންޑަރު ޕްރެނާ ޑިއޮސްތަލީ ގެނަސްދީފައި ވެއެވެ. އެ އޮޕަރޭޝަނަކީ އަވަސް އަދި ސީދާ އަމާޒަށް ހަމަލަ ދިނުމުގެ އޮޕަރޭޝަނެއް ކަމަށް ސިފަކޮށް، އޭގައި އާންމުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ބުނެ އެވެ. ނަމަވެސް ނިޑާފައި ތިބި ބަޔަކާއި އެކު އާންމުންގެ އެތައް ބަޔަކު މަރުވި ކަމަށް ޕާކިސތާނުން ބުނެއެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް މި އޮފިސަރުން ޚިދުމަތުގައި ތިބެގެން ކަންކަން ސިޔާސަ ކުރުމަށް މި އެޕިސޯޑްގައި ބައިވެރިވުން އާންމުން ވަނީ މީސްމީޑިއާގައި ކުށްވެރިކޮށްފައެވެ.
ޕްރޮގްރާމުގައި ވަރަށް ފޯރިއާއެކު ވާހަކަ ދައްކަވަނުން "މިއީ އާ އިންޑިއާއެއް، އާ ވިސްނުމަކާ އެކު މިތިބީ،" ޝޯގައި ގުރައިޝީ ވިދާޅުވުމާއެކު ބެލުންތެރިންގެ ފަރާތުން "ބާރަތު މަތާ ކީ ޖައި" ގެ ގޮވެލި ގޮވަން ފެށިއެވެ.





