އިންޑިއާގެ ސްޕޭސް ޓެކް އިކޯސިސްޓަމް އިތުރަށް ހަރުދަނާކޮށް އަމިއްލަ ފަރާތްތައް ބައިވެރި ކުރުމަށް އިންޑިއާއިން ވަނީ އަލަށް ސްޕޭސް ތެކްނޮލޮޖީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް 2 ބިލިއަން ޑޮލަރުގެ ފަނަޑެއް ގާއިމް ކޮށްދީފައެވެ.
މި ފަނޑަކީ، ފަންޑް އޮފް ފަންޑްސް ފޯ ސްޓާޓްއަޕްސް (އެފްއެފްއެސް) ސްކީމު ކމަށް އިންޑިއާއިން ބުނެއެވެ. މި ފަންޑުގެ މަގުސަދަކީ އަމިއްލަ އުފެއްދުންތެރިންނާއި އިނޮވޭޓަރުން ބާރުވެރިކުރުމަށާއި ދުނިޔޭގެ ޖައްވީ ދާއިރާގެ ބާރެއްގެ ގޮތުގައި އިންޑިއާ ތަރައްގީ ކުރުމެވެ.
އިންޑިއާގެ ވިޔަފާރިއާ ބެހޭ މިސްޓަރު ގޯޔަލް ވަނީ އައު އީޖާދީ ވިސްނުންތަކާއި އަމިއްލަ ނަފްސަށް ބަރޯސާވެ، ޒުވާނުން ކުރިއަށް ގެންދާ ވިޔަފާރިއަށް ސަރުކާރުން ހިތްވަރު ދޭ ކަމަށް ވިދާޅުވެފައެވެ. ޖައްވީ ވިޔަފގާރި އަލަށް ފަށާ ކުންފުނިތައް އިންޑިއާގައި މި ފަހަކަށް އައިސް އިތުރު ވެފައި ވެއެވެ. މިހާރު 350 އަށް ވުރެ ގިނަ ސްޕޭސް-ޓެކް ސްޓާޓްއަޕް މިހާރުވެސް ހަރަކާތްތެރިވަމުންދެއެވެ. އިންޑިއާއިން ޖައްވީ ދާއިރާއަށް އަމިއްލަ ފަރާތްތައް ވަނުމަށް ހިތްވަރު ދިނުމުގެ ސަބަބުން، މީގެ ކުރިން ނުފެންނަ ކުރިއެރުންތަކެއް ޖައްވީ ދާއިރާގައި ފެންނަމުންދާ ކަމަށް ބުނެއެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިއާގެ ޖައްވީ ދާއިރާ ގާތްގަނޑަކަށް ތިންގުނައަށް އިތުރުވެފައިވާ ކަމަށް ދައްކައެވެ. އަދި ސަރުކާރުގެ ސްޕޭސް ބަޖެޓުންވެސް ބޮޑު ބައެއް ދާއިރާގެ ތަރައްގީއަށް ހޭދަކުރަމުން ދެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ އިންޑިއާގެ ގައުމީ ޖައްވީ ދުވަސް އިއުލާން ކުރައްވާފައެވެ. އަދި އިންޑިއާގައި ފުރަތަމައަށް އަމިއްލަ ކުންފުންޞަކުން އުފައްދާފައިވާ ޕީއެސްއެލްވީ ރޮކެޓާއި އަމިއްލަ މުވާސަލާތީ ސެޓެލައިޓު ޖައްވަށް ފޮނުވާލާނެކަން މޮދީ ވަނީ ޖައްވީ ދުވަހު އިއުލާން ކުރައްވާފައެވެ.





