އިންޑިއާއާއި ތައިލެންޑުން ގުޅިގެން އަސްކަރީ ތަމްރީންތައް ބާއްވަނީ

އިންޑިއާގެ ސިފައިންނާއި ތައިލެންޑްގެ ސިފައިން ގުޅިގެން ސެޕްޓެމްބަރު 1 އިން 14 އަށް މެގަލަޔާގެ އުމްރޯއީގައި ތަނމްރީން ބާއްވަން ނިންމައިފިއެވެ. މި ތަމްރީންތަކަކީ ދެ ގައުމުން ގުޅިންގެން ބާއްވާ ބައިލެޓަރަލް މިލިޓަރީ އެކްސަސައިޒް މައިޓްރީގެ 14 ވަނަ އެޑިޝަން ފެށުމުގެ ތަމްރީންތަކެވެ. މިއީ ފަސް އަހަރު ތެރޭގައި އިންޑިއާގައި މި ތަމްރީނު ބާއްވާ ފުރަތަމަ ފަހަރެވެ.
ދެގައުމުގެ ސިފައިންގެ އޮޕަރޭޝަނަލް ކުޅަދާނަކަން އެއްގޮތް ކުރުމަށް ފަރުމާކޮށްފައިވާ މި ޑްރިލްގައި ބޮޑަށް އަލިއަޅުވާލާނީ ސުލްހައާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދެގައުމުން ހިއްސާވާ ކަންކަމުގެ މައްޗަށެވެ.
މީގެ ކުރީ އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑްގެ ޓާކް ޕްރޮވިންސްގައެވެ. އެ ތަމްރީންގައި ދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް 76 ސިފައިން ބައިވެރިވި ކޮށްފައި ވެއެވެ.
ތައިލެންޑާއި އިންޑިއާގެ އެއްބާރުލުމުން ދައްކުވައިދެނީ އިންޑިއާ އާއި ތައިލެންޑާ ދެމެދު ޑިފެންސް ގުޅުންތައް ފުންވަމުންދާ ކަމެވެ. އަދި އޭގެ އިތުރުން ވިޔަފާރި ބަދަލު ކުރުމާއި ވިޔަފާރީގެ ގުޅުންތަކާއި ސަރަހައްދީ ޑިޕްލޮމެސީގެ ތެރެއިން ދެގައުމުގެ ފުޅާ ސްޓްރެޓެޖިކް ޕާޓްނަޝިޕް ފުރިހަމަވަމުންދާ ކަމެވެ.
 

ހިއްސާ ކުރައްވާ!