އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ވައިޓްހައުސްގެ ރޯސް ގާޑަންގައި ޓެކްނޮލޮޖީ ދާއިރާގެ އިސް ވެރިންނާއެކު ޚާއްސަ ޑިނަރ ޕާޓީއެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މި ޑިނަރ ޕާޓީގައި ސިލިކޮން ވެލީގެ އެންމެ ނަން މަޝްހޫރު މަހާސާދާގަރުން ބައިވެރިވާއިރު، ޓެސްލާގެ ސީއީއޯ އީލޮން މަސްކް ބައިވެރިއެއް ނުކުރާނެއެވެ. ޓްރަމްޕް ބުނެފައި ވަނީ މަސްކަށް އެންމެ ރަނގަޅު ވާނީ އަލުން ރިޕަބްލިކަން ޕާޓީއާ ގުޅުމެވެ. އަދި މަސްކަތީ 20 ޕަސެންޓް މައްސަލަތައް ކަމަށާއި 80 އިންސައްތަ ތޫނުފިލި މީހެއް ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
މި ޑިނަރގައި ގޫގުލް ކުންފުނީގެ ސުންދަރ ޕިޗާއި، އެޕަލްގެ ޓިމް ކުކް، މެޓާގެ މާކް ޒަކަބާގް، އޯޕަން އޭއައިގެ ސެމް އޯލްޓްމަން އަދި މައިކްރޯސޮފްޓްގެ ސަތްޔާ ނަޑެއްލާ ބައިވެރިވާނެއެވެ. މި ޑިނަރ އަކީ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އިސްނަގައިގެން ވައިޓް ހައުސްގައި ބާއްވާ އޭއައި އިވެންޓަކާ ގުޅޭ ޑިނަރެކެވެ. ޓްރަމަޕަށް ފާޑު ކިޔާ މީހުން ބުނަނީ މި ޑިނާގައި ބައިވެރިވާ މީހުންނަށް އެންމެ އުދަގޫވާނެ ކަމަކީ ޓްރަމްޕްގެ ގައިން ދުވާ ނުބައި ވަހެވެ.
އީލޮން މަސްކް ނުހިމެނުމުގެ ސަބަބު ވައިޓްހައުސްއިން ސާފުކޮށްދީފައެއް ނުވެއެވެ. މި ޑިނަރަކީ ރޯސް ގާޑަން އަލަށް މަރާމާތުކުރުމަށްފަހު އެތަނުގައި ބާއްވާ ޓްރަމްޕްގެ ފުރަތަމަ ބޮޑު އިވެންޓެވެ. މިއީ ސިޔާސީ އަދި ޓެކްނޮލޮޖީ ދާއިރާގެ ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.







