ގުޅުން ގޯސްވާތީ ޓްރަމްޕް ހެޔޮބަސްތައް ރައްދުކުރަން ފަށައިފި

އިންޑިއާ އާއި އެމެރިކާގެ ގުޅުން ގޯސްވަމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޮދީއަށް ހެޔޮ ބަސްތައް ރައްދު ކުރައްވާފައެވެ. ޓްރަމްޕްގެ ހެޔޮ ބަސްތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ ހެޔޮ ބަސްތައް އިންޑިއާއިން ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެސްސިއޯ ސަމިޓްގެ ކާމިޔާބުކަން ފެނުމަށްފަހު ޓްރަމްޕް ވަނީ "އެމެރިކާއަށް އިންޑިއާ  ގެއްލި ޗައިނާއަށް ލިބިއްޖެ" ކަމަށް ވިދާޅުވެ ފައެވެ. އެއަށްފަހު ޓްރަމްޕް ވަނީ މޮދީއާއި ޓްރަމްޕް "އަބަދުވެސް ރައްޓެހިންގެ ގޮތުގައި" ތިބޭނެކަމަށް ވިދާޅުވެ، އޭނާގެ ރާގު މަޑުމައިތިރި ކުރެއްވާ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގޯސްވެފައިވަނީ އެމެރިކާއިން އިންޑިއާގެ މުދަލަށް 50 ޕަސެންޓްގެ ޓެރިފް ނެގުމަށް ނިންމުމާ ގުޅިގެންނެވެ. އެމެރިކާއިން އިންޑިއާ މުލަދަލަށް ނަގާ ޓެރިފަކީ ޗައިނާ މުދަލަަށް ނަގާ ޓެރިފަށް ވުރެން ބޮޑު މިންވަރެކެވެ. އެއަށްފަހު، އެމެރިކާގެ ރައީސް މޮދީއާ ފޯނުން ގުޅުއްވުމަށް މަސައްކަތް ކުރެއްވުމުން މޮދީ ވަނީ ޓްރަމްޕްގެ ފޯނު ކޯލުތަކަށް ޖަވާބު ނުދެއްވާފައި ކަމަށް މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ހިއްސާ ކުރައްވާ!