އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައި ނުގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ އިންޑިއާގެ ޑިޕްލޮމެޓިކް ތާރީޚުގައި ފާހަގަކޮށްލެވޭ ބަދަލެކެވެ. އިންޑިއާގެ ފަރާތުން މި އަހަރު އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން، މޯދީ ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 26 ގައެވެ. އެއީ، އިޒްރޭލް، ޗައިނާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ލީޑަރުން ވާހަކަ ދައްކާ ދުވަހެވެ. މި އަހަރުގެ އާންމު މަޖިލީހުގެ ބަހުސް ފެށޭނީ ސެޕްޓެމްބަރު 23 އިން 29 އަށެވެ.
އދ. ގެ އާންމު މަޖިލީހުގެ މިއަހަރުގެ ތީމަކީ "ބެޓަރ ޓުގެދަރ: 80 އިޔަރސް އެންޑް މޯރ ފޯރ ޕީސް، ޑިވެލޮޕްމަންޓް އެންޑް ހިއުމަން ރައިޓްސް" އެވެ. މި އާންމު މަޖިލީހުގެ ބަހުސްގައި އިޒްރޭލުގެ ހޮލޮކޯސްޓާއި ރަޝިއާ-ޔުކްރެއިން ހަނގުރާމަ އަދި ބަދަލުވަމުންދާ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ގޮތުން ބަހުސް ކުރެވޭނެއެވެ.
މި މަޖިލީހުގެ މުހިންމު ހަރަކާތްތަކުގެ ތެރޭގައި އދ. ގެ 80 އަހަރުގެ ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމާއި، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އިސްވެ ހުންނަވައިގެން ބާއްވަވާ މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓް ހިމެނެއެވެ. މީގެ އިތުރުން އަންހެނުންގެ ޙައްޤުތަކާއި، ޒުވާނުންނާއި އަދި ނަފްސާނީ ދުޅަހެޔޮކަން ފަދަ މައުޟޫއުތަކާއި، އޭއައި (މަބު) އަދި ނިއުކްލިއަރ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަތީ ފެންވަރުގެ ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.
އިންޑިއާއިން މި އަހަރު ޚާރިޖީ ވަޒީރު ޖައިޝަންކަރު ފޮނުވުމަށް ނިންމާފައިވަނީ ބަދަލުވަމުންދާ ބައިނަލްއަޤްވާމީ މަސްރަހުގެ ސަބަބުންނާއި މޮދީގެ ޑިޕްލޮމެޓިކް ދަތުރުފުޅުތަކުގެ ތާވަލަށް ރިއާޔަތްކޮށެވެ.





