އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ޓެރރިސްޓް ހަމަލަ ދޭން އުޅޭކަން އެންގީ ވަރަށް ލަހުންނެވެ. އެހެންނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ދަ ޓައިމްސް އޮފް އިސްރާއީލަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެމެރިކާއަށް އެކަން ވަރަށް ކުރިން އަންގާފައި ވާ ކަމަށެވެ.
އެމެރިކާގެ ދޮގު ބޭޒާރު ކުރަމުން ޤަތަރުން ބުނެފައި ވަނީ ޓެރަރިސްޓް ހަމަލައެއް ދޭނެ ކަމުގެ މައުލޫމާތު އެމެރިކާއިން ފޯނުކޮށް ޤަތަރަށް ދިނީ ހަމަލާ ފެށިތާ 10 މިނެޓް ފަހުން ކަމަށެވެ.
"އެމެރިކާގެ އޮފިޝަލަކުގެ ފަރާތުން ލިބުނު ފޯނު ކޯލް އައީ ގޮވުންތަކުގެ އަޑު އިވެމުން ދިޔަ ވަގުތު،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް މޮޅު ވާހަކަދައްކައިގެން އޮޅުވާލން އުޅޭއިރު ޓްރަމްޕް ޣަދަރު ވެރިވީކަމަށް ޤަތަރުން ދެކެއެވެ.
އަދި ނޮބެލް ސުލްހައިގެ އިނާމަށް ދަހިވެތި ވެފައިވާ ޓްރަމްޕް ޑަބަލް ރޯލު ކުޅުނު ކަމަށް ވެސް ޤަތަރުން ދެކެއެވެ.
ގަތަރުގެ ފޮރިން މިނިސްޓަރު ވަނީ އިސްރާއީލުން ދިން ހަމަލާއަކީ "ދައުލަތުގެ ޓެރަރިޒަމް" ގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. "ބަޔާނުން ކުށްވެރިކުރުމުގެ އިތުރުން ގަތަރުން ދަނީ ހަމަލާއަށް ރައްދު ދިނުމަށް ހުރިހާ ވަސީލަތްތަކެއް މޮބިލައިޒް ކުރަމުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޤަތަރުން އިޒްރޭލަށް ރައްދު ހަމަލައެއް ދޭނެއެވެ.





