ހަމާސްގެ ލީޑަރުން ސަލާމަތްވީ އަސްރު ނަމާދަށް ތިބުމުން: މޮސާޑް

ދޯހާއަށް ދިން ޔަހޫދީ ޓެރަރިސްޓް ހަމަލައިން ހަމާސްގެ ލީޑަރުން ސަލާމަތްވީ އެފަރާތްތައް އެވަގުތު އަސްރު ނަމާދަށް ތިބުމުން ކަމަށް ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާޑުން ބުނެފިއެވެ.

މޮސާޑާ ގާތް އަދި އިސްރާއީލުގެ ގިނަ އަދަދެއްގެ ސަލާމަތީ ތަޖުރިބާކާރުން ހިންގާ ވެބްސައިޓެއް ކަމަށްވާ މޮސާޑް ކޮމެންޓަރީން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހިންގި ޓެރަރިސްޓް ހަމަލާގެ ނާކާމިޔާބު މަސައްކަތުގެ ތަފްސީލު ޝާއިއުކޮށްފަ އެވެ.

އެ ވެބްސައިޓުން އެކްސްގައި ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދޯހާގައި ދިން ޓެރަރިސްޓް ހަމަލާ ނާކާމިޔާބުވީ ހަމާސްގެ ލީޑަރުން އަސްރު ނަމާދަށް ދިއުމުގެ ނަތީޖާ ކަމަށެވެ.

އެ ވެބްސައިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ޝިން ބެޓް އާއި މޮސާދުން އެފަރާތްތަކުގެ ފޯނުތަކަށް ފާރަލައިގެންނެވެ.

ހިއްސާ ކުރައްވާ!