ކުޑަ ކުދިންނާ ބެހުނު ފާދިރީ ހައްޔަރުކޮށްފި

އެމެރިކާގެ ބޯލްޓިމޯ ކައުންޓީގެ ސެންޓްރަލް ކްރިސްޓިއަން ޗަރޗްގައި މަސައްކަތްކުރި 52 އަހަރުގެ ފާދިރީ ތޯމަސް ޕިންކަރޓަން ޖޫނިއަރ (ފާދިރީ ޓޮމީ)، އެތަކެއް ޒުވާނުންނަށް ޖިންސީގޮތުން ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ފާއިތުވި ހަފްތާގައި އެފްބީއައިއިން މީޑިއާއަށް ދިން ހައްޔަރު ވޮރަންޓެއްގައިވާ ގޮތުން، ފާދިރީ ވަނީ މެރިލޭންޑްގެ ޔޫތު ގްރޫޕްގެ ކުދިން ޖިންސީ ގުޅުމަށް ހޭނުމަށް ތުންފަތުގައި ބޮސްދީ ހަދާފައެވެ. އަދި އެނާ ބުނެފއި ވަނީ ޖީސަސް އޭނާގެ ބައިވެރިންނާ ބައްދަލުކުރާއިރު ތުންފަތުގައި ބޮސްދީ ހަދާ ކަމަށެވެ. އަދި ފާދިރީ ފިރިހެން ކުދިންގެ ތުންފަތުގައި ބޮސްދިނުމަކީ ހެޔޮ ޖަޒާ ލިބޭނެ ކަމެއްކަމަށް ވެސް އޭނާ ބުނެފައެވެ.

2006 އިން 2010 އަށް ހިނގި މި ޖަރީމާތަކުގައި، 13 އަހަރާއި 19 އަހަރާ ދެމެދުގެ އެތަކެއް ޒުވާނުންނަށް ޖިންސީ ގޯނާކުރި ކަމުގެ 24 ދަޢުވާ އޭނާއާ ދެކޮޅަށް އުފުލާފައިވެއެވެ. މި ޢަމަލުތައް ހިންގާފައިވަނީ ފައްޅީގެ އެތެރޭގައި އާއި އޭނާގެ ގޭގައި ކަމަށް ވޮރަންޓްގައި ބަޔާންކޮށްފައިވެއެވެ.

ފުލިހުން ބުނަނީ މިމީހާގެ ޝިކާރައަކަށް އެތައް ބަޔަކު ވެފައިވާނެ ކަމަށާއި ގެއްލުން ލިބިފައިވާ މީހުން ފުލުހުންނަށް ހުށަހެޅުމަށް ވެސް އެދިފައި ވެއެވެ.

ހިއްސާ ކުރައްވާ!