ބްރެޒިލްގެ ސުޕްރީމް ކޯޓުން ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ރައީސަށް ޖަލު ހުކުމް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމަށްފަހު ވެރިކަމުގައި ދެމިހުރުމަށް ޓަކައި ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ. އޭނާއަށް އިއްވާފައި ވަނީ ޖުމުލަ 27 އަހަރާއި 3 މަހުގެ ޖަލު ހުކުމެކެވެ.
ބޮލްސޮނާރޯ މިހާރު ހުރީ ގޭ ބަންދުގައެވެ. އަދި މިމައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. އޭނާއަށް ޙުކުމް ކޮށްފައި ވަނީ ބެންޗުގައި ތިއްބެވި ހުރިހަިއ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.






