އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދެންމެ އިސްރާއީލަށް ފައިބައިފިއެވެ. އަރަބި މީޑިއާއިން ލަފާ ކުރާ ގޮތުގައި ރޫބިއޯގެ މި ދަތުރަކީ ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގައި އެމީހުންނަށް ހިތްވަރު ދިނުމަށް ކުރާ ދަތުރެކެވެ.
ގަތަރަށް ނަތަންޔާހޫ ދިން ހަމަލައަށް ދުނިޔޭގެ ލީޑަރުން ދެކޮޅު ހަދާފައިވާއިރު، ރޫބިއޯ ވަނީ ޔަހޫދީ ދައުލަތަށް ދަތުރަށް އެރުމުގެ ކުރިން އިސްރާއީލަށް ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ. މުޅި ދުނިޔެއިން ފަލަސްޠީނުގެ ދައުލަތެއް ވުޖޫދަށް ގެނައުމަށް ތާއިދފު ކުރާއިރު ފަލަސްޠީނުގެ ގަތުލުއާންމަށް ވާގިވެރިވާ އެމެރިކާއިން ދަނީ ލަދަކާ ނުލައި ފަލަސްޠީނުގެ މިނިވަންކަމަށް ދެކޅު ހަދައި ޔަހޫދީންގެ ނަސްލު ސާފުކޮށްލުމަށް ވާގިވެރި ވަމުންނެވެ.






