އަރަބި އިސްލާމީ ގައުމުތަކުން ދޯހާގައި އިސްރާއީލްގެ ޓެރަރިސްޓް ހަމަލައަށް ރައްދު ދޭނެ ގޮތަކާ މެދު ބަހުސްކުރުމަށް ސަމިޓް ބާވަމުންދާ އިރު އެމެރިކާއިން ވަނީ ދޯހާއަށާއި އަރަބި އިސްލާމީ ގައުމުތަކަށް ސާފު މެސެޖެއް ދީފައެވެ.
މި ސަމިޓްގައި ވެރިން ބައްދަލު ކުރާއިރު އެމެރިކާއިން ވަނީ ޓްރަމްޕްގެ އެންމެ އިސް ޑިޕްލޮމެޓް ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނަތަންޔާހޫ ކައިރިއަށް ފޮނުވާފައެވެ. ސަމިޓް ނިމެންދެން ރޫބިއޯ ހުންނާނީ ނަތަންޔާހޫއާ އެކުގައެވެ.
އެމެރިކާއިން ބޭނުން ވަނީ އިޒްރޭލާ ޖެހޭޢ ހިނދު ގަރަތާއި އަރަބި އިސްލާމީ ގައުމުތައްވެސް އެމެރިކާއަށް މުހިންމެއް ނުވާނެކަން ސާފު ބަހުން ލީޑަރުންނަށް އަންގާށެވެ.
އެމެރިކާއަކީ ޒަޔަނިސްޓުން ހިންގާ ހޮލޮކޯސްޓަށް ވާގިވެރިވެ ބަހާއި އަމަލަކާއި މާލީ ގޮތުން އެހީތެރިވާ ގައުމެވެ. ޒަޔަނިސްޓުން ދަނީ ބިރަކާ ނުލައި ޓެރަރިސްޓް އަމަލުތައް ހިންގުމުގައި ސާބިތު ކަމާއެކު ކުރިއަށެވެ.
އެމެރިކާއިން ވަނީ ފަލަސްޠީނުގެ ދައުލަތް ބަލައި ނުގަންނާނެ ކަމަށް އަންގާފައެވެ. އަދި ޓްރަމްޕް ވަނީ ފަލަސްޠީނުގެ ނަސްލު ސާފުކުރުމަށް އޭނާ ބޭނުންވާ ކަން ސާފުކޮށްދީފައެވެ.






