އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަނީ ދޯހާގައި ތިބި ހަމާސްގެ ލީޑަރުންނަށް ހަމަލާދިނުމަކީ އިޒްރޭލްގެ ސެކިއުރިޓީ އޭޖެންސީތަކުގެ ވެރިންނާއެކު މަޝްވަރާކުރުމަށްފަހު އޭނާ އަމ،ިއްލައަށް ނިންމި ނިންމުމެއް ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާއެކު އިސްތިއުމާރުކޮށްފައިވާ ޤުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔަހޫދީ ކަލޭގެ ބުނެފައި ވަނީ މި ހަމަލާގެ ފުރިހަމަ ޒިންމާ އިޒްރޭލް ސަރުކާރުން ނަގާނެކަމަށެވެ. އަދި މިއީ މެދުއިރުމަތީގެ ކޮންމެ އަރަބި ގައުމަކަށްވެސް އިސްރާއީލުގެ ބާރު ފޯރާނެކަން ދައްކައިދޭން ވެގެން ދިން ހަމަލައެއް ކަމަށެވެ. އަދި އިސްރާއީލަށް ފިލައިގެން އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށާއި އިސްރާއީލު ކިބައިން އަރަބިންނަށް ސަލާމަތްނުވެވޭނެކަން ދައްކުވައިދޭ މެސެޖެއް ކަމަށްވެސް އޭނާ ބުންޏެވެ.
ނަތަންޔާހޫ އިތުރަށް ބުނެފައި ވަނީ ޣައްޒާގައި ހަމާސްއިން މެހުމާންދާރީ އަދާކުރާ ހަނގުރާމައިގެ ޔަހޫދީ އަސީރުން މިނިވަން ކުރުމަށާިއ ހަމާސް ބަލިކޮށްލުމަށް އިޒްރޭލް ސަރުކާރުން ވަނީ އަޒުމް ކަނޑައަޅާފައި ކަމަށެވެ. އަދި އަރަބިންނަށާއި ޔޫރަޕަށް ފާޑު ކިޔަމުން އޭނާ ވަނީ "މަދު ބައެއްގެ ފިއްތުންތަކަށް ބޯލަނބާ ބަލިކަށި ސަރުކާރުތައް" ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅު ހަދާ ގައުމުތަކަށް ފާޑު ކިޔާފައެވެ.
ޔަހޫދީ ކަލޭގެ ބުނެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "އިޒްރޭލްގެ އެންމެ ބޮޑު ރަހުމަތްތެރިޔާ" ކަމަށެވެ. މުހައްލިލުން ދެކޭގޮތުގައި ޤަތަރަށް ހަމަލަ ދިނުމަށް ނަތަންޔާހޫއަށް ޓްރަމްޕް ވަނީ ނުސީދާ ގޮތަކަށް ހުއްދަ ދީފައެވެ.
ނަތަންޔާހޫ ބުނެފައި ވަނީ އޭނާ ކުރަމުންދާ ހަނގުރާމައަކީ ޑިމޮކްރެސީ ނަގަހައްތައި ދުނިޔެއަށް ނަމޫނާ ދެއްކުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައެވެ.
އެމެރިކާއަކީ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ވާގިވެރިވާ އިސް ގައުމެވެ.
އެމެރިކާއިން ވަނީ މުސްލިމު އަރަބި ލީޑަރުންނަށް މެސެޖެއް ދިނުމުގެ ގޮތުން އަރަބި އިސްލާމީ ގައުމުތަކުން ދޯހާ ސަމިޓްގައި ތިބޭހައި ހިނދަކު އެމެރިކާގެ ޚާރިޖީ ވަޒީރު އިސްރާއީލަށް ސަޕޯޓު ކުރުމަށް ނަތަމންޔާހޫއާއެކު ބެެހެއްޓުމަށް ނިންމާފައެވެ.






